Advertisement

މުލާގެ ރެކޯޑް މެޗުން ބަޔާނަށް މޮޅެއް

2 ސެޕްޓެންބަރު 2024 - 07:38 0


މުލާގެ ރެކޯޑް މެޗުން ބަޔާނަށް މޮޅެއް

2 ސެޕްޓެންބަރު 2024 - 07:38 0

މިއުނިކް (ސެޕްޓެމްބަރު 2) - ބަޔާން މިއުނިކަށް އެންމެ ގިނަ މެޗުގައި ކުޅުމުގެ ރެކޯޑް، ތޯމަސް މުލާ ގާއިމްކުރި މެޗުގައި، ބަޔާނުން ޖަރުމަނު ލީގުގައި 2-0 އިން ފްރެއިބާގް ބަލިކޮށްފި އެވެ.

މުލާ، 34، މި މެޗުގެ ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރިއިރު، މިއީ ބަޔާނަށް އޭނާ ކުޅެދިން 710 ވަނަ މެޗެވެ. މިއާ އެކު، ކުރިން ބަޔާނަށް އެންމެ ގިނަ މެޗު ކުޅެދީގެން ރެކޯޑް ހަދާފައި އޮތް ގޯލްކީޕަރު، ސެޕް މާއިއާގެ ރެކޯޑް މުގުރާލީ އެވެ.

ބަަދަލަކަށް ކުޅެން އަރައި، މުލާ ވަނީ ބަޔާންގެ ދެ ވަނަ ގޯލު ވެސް ޖަހައިފަ އެވެ. މި ލަނޑަކީ ބަޔާނަށް ޖަރުމަނު ލީގުގައި މުލާ ޖަހައިދިން 150 ވަނަ ގޯލެވެ. މުލާ އަކީ، 2009-2010 ވަނަ އަހަރުގެ ސީޒަނުން ފެށިގެން މި ސީޒަނާ ހަމައަށް ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެެރެއިން ލީގެއްގައި ކޮންމެ އަހަރަކު ލަނޑެއް ޖެހި ހަމައެކަނި ކުޅުންތެރިޔާ އެވެ.

ފްރެއިބާގް ކޮޅަށް ބަޔާނަށް ލީޑުނަގައިދިނީ، މެޗުގެ 38 ވަނަ މިނިޓްގައި ހެރީ ކޭން އެވެ. މިއީ، ފްރެއިބާގްގެ ކްރިސްޓިއަން ގަންޓާ އަތުގައި އޭރިއާތެެރެއިން ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ބަޔާންގެ ކޯޗުކަމާ ހަވާލުވެ، ވިންސެންޓް ކޮމްޕެނީ މިހާތަނަށް އެ ޓީމަށް ކޯޗުކޮށްދިން ރަސްމީ ހުރިހާ މެޗަކުން ވަނީ މޮޅުވެފަ އެވެ.