Advertisement

އޭސީސީ އާއި ފުލުހުން ގުޅިގެން ބެޑްމިންޓަން އޮފީސް ރެެއިޑްކޮށްފި

29 އޮގަސްޓު 2024 - 17:23 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


އޭސީސީ އާއި ފުލުހުން ގުޅިގެން ބެޑްމިންޓަން އޮފީސް ރެެއިޑްކޮށްފި

29 އޮގަސްޓު 2024 - 17:23 0

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އޮފީސް، ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޓީމަކުން ގުޅިގެން މިއަދު ރެއިޑްކޮށްފި އެެވެ.

މިއީ މިދިޔަ ފަސް ވަރަކަށް މަސް ތެރޭ، އޭސީސީން ވަނީ ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ މައްސަލަކުގެ ތަހުގީގަށް ގިނަ ފަހަރުތަކެއްގެ މަތިން އެ އެސޯސިއޭޝަންގެ ތަންތަން ބަލައިފަ އެވެ.

"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ދިިން ފަރާތަކުން ބުނީ، އިއްޔެ، ވެސް އޭސީސީން ވަނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފީސް ރެއިޑްކުރަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު، އެނގިފައިވާގޮތުގައި އިއްޔެ އެކަން ކުރެވޭ ގޮތެއްނުވި ކަމަށާއި އެހެން ނަމަވެސް، މެންދުރު އޭސީސީގެ އޮފިޝަލުންނާއި ފުލުހުން ހިމެނޭ ޓީމެއް، ކުޅިވަރު އެކުވެނީގައި ހުރި، ބެޑްމިންޓަން އެސޯސިއޭޝަން އޮފީސް ރެއިޑްކޮށްފައިވާ ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ވަކީލު، އަލީ ސައީދު، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ، އޭސީސީން ގާނޫނީ ގޮތުން ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަކޮށްފައި، ބަލާ ފާސްކުރާ އަމުރެއް ނެރުމަށް އެދި އެ ކޮމިޝަނަށް އަންގާފައިވާނެ ކަމަށެވެ.

ބަލައި ފާސްކުރުމުގެ އަމުރު އޭސީސީން ނެރެފައިވަނީ ގާނޫނީ ކޮން މާއްދާއެއްގެ ދަށުން ކަމަށާއި އަމުރުގެ ދަށުން ހޯދަން އެދޭ ލިޔެކިޔުންތަކަކީ ކޮބައިކަމާއި ބެޑްމިންޓަން އެސޯސިއޭޝަންގެ މައްޗަށް އެއްވެސް ތުހުމަތެއް އޮތްނަމަ އެކަން ހިއްސާކޮށްދޭން ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ އޭސީސީގައި އެދިފަ އެވެ.

އެހެންވުމާ އެކު، މި ކަންކަން ފުރިހަަމަނުވެ، އޭސީސީ އާއި ފުލުހުންގެ ޓީމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރެއިޑެއް ކުރިއަށްގެންދެވިފައިނުވާ ކަމަށް އެ ފަރާތުން ވަނީ ބުނެފަ އެވެ.

މި ކަމާ ބެހޭގޮތުން، ފުލުހުންނާއި އޭސީސީގެ ބަހެއް ހޯދައި، މައުލޫމާތު ސާފުކުރަން، "އަދަދު" އިން ކުރި މަސައްކަތަށް އެންމެ ފުރިހަމަ ޖަވާބުތަކެއް ލިބިފައިނުވެ އެވެ.

އެކަމަކު، އިތުބާރު ހުރި މަސްދަރަކުން، ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކުރިއަށްދިޔަ މި ރެއިޑަކީ، އޭސީސީ އަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، އެ ކޮމިޝަނުން، ފުލުހުންގެ އެހީ ހޯދައިގެން ކުރިއަށްގެންދިޔަ ކަމަކެެވެ.

އޭސީސީން ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އަންނަނީ ބަލަމުންނެވެ. އެ ގޮތުން، ބެޑްމިންޓަން އެސޯސިއޭޝަނުގެ އެންމެ ފަހުގެ ލީޑަޝިޕާ ގުޅޭ ހިޔާނާތުގެ މައްސަލައެއްގައި، ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ ރައީސް، މޫސާ ނާޝިދު (މޫސަ)އާ ގުޅޭ ތަންތަން ވަނީ ރެއިޑްކޮށްފަ އެެވެ. އެ މައްސަލައިގައި މޫސަ ވަނީ، ހައި ކޯޓަށް މައްސަލަ ވެސް ހުށަހަޅައިގެން ކުރިއަށްގެންގޮސްފަ އެވެ.

ރިވައިވަލް ސްޕޯޓްސް ކްލަބުން ވަނީ، މީގެ އެއް ދުވަސް ކުރިން، އޭސީސީ އަށް ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ މައްސަލަ އެއް ހުށަހަޅައިފަ އެވެ.

އެ ގޮތުން، ރިވައިވަލް އިން ހުށަހެޅީ، ގައުމީ ބެޑްމިންޓަން ޓީމުގެ ނިބާލް އަހުމަދަށް ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕުން ލިބުނު ފައިސާ އަށާއި ގައުމީ ބެޑްމިންޓަން ޓީމުގެ ދެކުނު ކޮރެއާގެ ކޯޗު، ޖަންގް ކީ ޔޫންގެ މުސާރަ އަށް އެސޯސިއޭޝަނުން ހިޔާނާތްވެފައިވާތީ، އެ މައްސަލަތައް ބެލުމަށް އެދި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވިތާ، ފަސް މަސްވީއިރު ވެސް ސްޕޯޓްސް ކޮމިޝަނަރުގެ އެންގުންތަކަށް ބޯލަނބާފައިނުވާތީ، އެ އެސޯސިއޭޝަން ހިންގުން، ސްޕޯޓްސް ކައުންސިލްގެ ދަށަށް ވަނީ ގެނެސްފަ އެވެ.