Advertisement

ބަގާވާތުގެ ތުހުމަތާ އެކު ބީއެމްއެލްގެ އިތުބާރާ މެދު މާލީ އިދާރާތަކުން ސުވާލު އުފައްދާނެ: އަމީރު

27 އޮގަސްޓު 2024 - 16:16 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވާހަކަދައްކަވަނީ. ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ބަގާވާތުގެ ތުހުމަތާ އެކު ބީއެމްއެލްގެ އިތުބާރާ މެދު މާލީ އިދާރާތަކުން ސުވާލު އުފައްދާނެ: އަމީރު

27 އޮގަސްޓު 2024 - 16:16 0

ބޭންކް އޮފް މޯލްޑިވްސް އިން ބަގާވާތެއް ކުރި ކަމަށް ސަަރުކާރުން ތުހުމަތުކުރުމުން، އެ ބޭންކްގެ އިތުބާރާ މެދު ދުނިޔޭގެ މާލީ އިދާރާތަކުން ސުވާލުއުފައްދާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރުފިޔާ ކާޑުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ބީއެމްއެލް އިން ނިންމި ނިންމުމާއި އެ ނިންމުމާ ގުޅިގެން އާއްމުން ކުރިމަތިކުރި ފާޑުކިއުންތަކަކީ "މާލީ ބަގާވާތެއް" ކަމަށް ތުހުމަތުކޮށް ސަރުކާރުން ވަނީ ޖިނާއީ ތަހުގީގެއް ފަށައިފަ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމަށް އިޝާރާތްކުރައްވައި އަމީރު ވިދާޅުވީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ތުހުމަތު ކުރެއްވުމުން ބީއެމްއެލްގެ ބޯޑާއި މެނޭޖްމެންޓް މިހާރު ވެފައި ވަނީ "ސަސްޕެކްޓެޑް ކްރިމިނަލްސް" އަށް ކަމަށެވެ.

"އެހެން ވެއްޖެއްޔާ މިހާރު ދެން ދުނިޔޭގެ އެހެނިހެން މާލީ އިދާރާތަކުން ބޭންކް އޮފް މޯލްޑިވްސްއާ މެދު ދެކޭނީ ކޮން ގޮތަކަށްތޯ އެއީ އަޅުގަނޑުމެން ބަލައިލަން ޖެހޭ ކަންތައްތަކެއް،" އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް ކަންތައް ވުމުން ކަރެންސްޕޮންޑެންސް ބޭންކްތަކުން ރާއްޖެއަށް ހިދުމަތް ދިނުން ހުއްޓައިލައިފި ނަމަ ނުކުންނާނެ ނަތީޖާ އާ މެދު ސަރުކާރުން ވިސްނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޭންކްގެ ނިންމުމާއި އެ ނިންމުމާ ގުޅިގެން މީހުން ފާޅުކުރި ނުރުހުން އެމަނިކުފާނު ސިފަކުރެއްވީ ދުރާލައި ރާވައިގެން ސަރުކާރާ ދެކޮޅަށް ކުރި މަސައްކަތްތަކެއްގެ ގޮތުގަ އެވެ. އެެއީ ބަގާވާތެއް ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

"މި ކުރި ކަންތައް، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު މި ދެންނެވި ހުރިހާ ޑޮޓުތަކެއް ގުޅިގެންދާކަން އެނގޭނެ، މިކުރި ކަންތައް މިއީ، ހަމަ ޝިޔާމު [މިނިސްޓަރު ޝިޔާމު] ވެސް ފާހަގަކުރެއްވި ގޮތަށް ވާނީ ހަމަ އެޓެމްޕެޑް ކޫއަކަށް، އެކުރި ބަޔަކު ކުރީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެކަން ކުރި ގޮތް ބަލަން ފުލުހުން މަސައްކަތް ފަށާފައިވާ ކަމަށާއި ފުލުހުން ކުރާނީ ޕްރޮފެޝަނަލް މަސައްކަތެއް ކަމަށް ވެސް ވިދާޅުވި އެވެ.