Advertisement

ފުލުހުންގެ ބަޔާނުން ދޭހަވަނީ ބީއެމްއެލްއަކީ ޓެރެރިސްޓް އޯގަނައިޒޭޝަނެކޭ: މައުރޫފް

26 އޮގަސްޓު 2024 - 23:26 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު: ފުލުހުންގެ ބަޔާނުން ދޭހަވަނީ ބީއެމްއެލްއަކީ ޓެރެރިސްޓް އޯގަނައިޒޭޝަނެއް ގޮތުގައި ކަމަށް ވިދާޅުވި -- ފޮޓޯ: މަޖިލިސް


ފުލުހުންގެ ބަޔާނުން ދޭހަވަނީ ބީއެމްއެލްއަކީ ޓެރެރިސްޓް އޯގަނައިޒޭޝަނެކޭ: މައުރޫފް

26 އޮގަސްޓު 2024 - 23:26 2

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު ލިމިޓުކުރަން ނިންމި ވަގުތު އިދިކޮޅުން މަސައްކަތްކުރީ ގާނޫނީ ވެރިކަން ވައްޓާލުމަށް ކަމަށް ބުނެ ފުލުހުން ނެރުނު ބަޔާނުން ބޭންކަކީ ޓެރަރިސްޓް އޯގަނައިޒޭޝަނެއް ގޮތަށް ދޭހަވާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިރާ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ "ހަވަރު ބެރު" ޕެނަލް ޑިސްކަޝަންގައި މައުރޫފް ވަނީ ބީއެމްއެލްއަކީ ޓެރެރިސްޓް އޯގަނައިޒޭޝަނެއް ގޮތަށް އެ ބަޔާނުން ސިފަވުމުން މާދަމާއިން ފެށިގެން ބީއެމްއެލްއަށް ފައިސާ ޖަމާކުރުން ހުއްޓާލަން ގޮވާލައްވާފަ އެވެ.

"އެ ތަހުގީގަށް ބަލާލާއިރު ބޭންކް އޮފް މޯލްޑިވްސްއަކީ ޓެރެރިސްޓް އޯގަނައިޒޭޝަނެއް ގޮތަށް ފުލުހުންގެ ބަޔާނަށް ބަލައި މާނަކުރެވޭނަމަ، އަޅުގަނޑު ދަންނަވާނީ އެންމެ ދިވެހި ރައްޔިތަކު ވެސް މާދަމާއިން ފެށިގެން ބެންކަށް ފައިސާ ޖަމާ ނުކުރާށޭ. ބެންކަށް ފައިސާ ލައިފިއްޔާ އެ ފައިސާ އަނބުރާ ލިބިދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތޭ،" މައުރޫފް ވިދާޅުވި އެވެ.

ބީއެމްއެލްއަށް ވަކިން ހާއްސަކޮށް ޑޮލަރު ވެސް ޖަމާ ނުކުރަން ގޮވާލައި މައުރޫފް ވިދާޅުވީ ޑޮލަރު ވެސް އަނބުރާ ލިބޭނެ ކަމުގެ ޔަގީން ކަމެއް މިހާރު ނެތް ކަމަށެވެ.

ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވެ، ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލައި ކުރިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓު 100 ޑޮލަރަށް ކުޑަ ކުރަން އެ ބޭންކުން ނިންމުމަށްފަހު، ސަރުކާރުން އަންގައިގެން އެ ނިންމުން ފަހުން ބަދަލުކުރި އެވެ.

މައުރޫފް ވިދާޅުވީ އެއްވެސް ހަމައެއް ނެތި ރާއްޖޭގެ މާލީ ހާލަތުގެ ވާހަކަ ބޭރު ދުނިޔެއަށް ހިފައިގެން ގޮސް، ބޭރު ގައުމުތަކުގައި ސަލާން ޖެހުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ.

ބޭރު ގައުމުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވާ ގަނޑުކޮށް ފޮނުއްވާ ސިޓީތަކުން އަލި މަގެއް ނުފެނި، މާލީ ގޮތުން އޮތް ހާލަތު ސިއްރު ކުރަމުންދާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.