Advertisement

ހުލާސާކޮށް އިއްޔެ: މިފްކޯއިން މިއަދު ހިލޭ އައިސް ބަހަނީ

22 އޮގަސްޓު 2024 - 06:07 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މަސް ދޯންޏެއް. -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: މިފްކޯއިން މިއަދު ހިލޭ އައިސް ބަހަނީ

22 އޮގަސްޓު 2024 - 06:07 0

މަސްވެރިން މަހަށް ދޭތޯ މިއަދު ހިލޭ އައިސް ބެހުމަށް ނިންމާފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި, މިފްކޯއިން ބުނި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

"މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ސްޓޮކް ހުސްވަންދެން މިއަދު، މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ތިނަދޫ އައިސް ޕްލާންޓުން ކޮންމެ ދޯންޏަކަށް 3 ޓަނު އައިސް ހިލޭ ދޫކުރުމަށް ވަނީ ނިންމާފައި," މިފްކޯއިން ބުނެފައިވެ އެވެ.

މިގޮތަށް އައިސް ދޫކުރާނީ މިއަދުގެ ނިޔަލަށް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްވެރިކަން ދަށްވެ މަހަށް ފުރާ ދޯނިތައް ވަނީ މަދުވެފަ އެވެ.

ދިވެހި މަސްވެރިކަމުގެ ސިނާއަތަށް ގިނަ ގޮންޖެހުންތަކެއް ދިމާވެފައިވާއިރު، ގިނަ މައްސަލަތަކަކީ މިފްކޯގެ ދޯހަޅި ހިންގުމާ ހުރެ ސިނާއަތަށް ދިމާވެގެން އުޅޭ މައްސަލަތަކެކެވެ. މިކަންކަން އިސްލާހުކުރަން ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ގެނައި ފުރަތަމަ ބަދަލަކީ ކުރިން އެސްޓީއޯގެ ދަށުގައި އޮތް މިފްކޯ އަލުން ވަކި ކުންފުންޏަކަށް ހެދުމެވެ. ދެން ކުރި ކަމަކީ މިފްކޯއަށް ކަނޑުމަސް ގަންނަ އަގު ދުނިޔޭގެ ބާޒާރުގައި ހުންނަ އަގުތަކާއި މިފްކޯއަށް މަސް ވިއްކޭ އަގާ އެއްހަމައަށް ފްލޯޓިން ރޭޓަކަށް ބަދަލުކުރުމެވެ.

އެންމެ ފަހުން އިއުލާން ކޮށްފައިވާ އަގުތަކުގައި މިފްކޯއިން ގަނޑުކުރި މަސް ކިލޯއެއް ގަންނަނީ 16ރ. އަށެވެ. އަދި ގަނޑު ނުކުރާ މަސް ކިލޯއެއް ގަންނަނީ 14ރ. އަށެވެ.

މުހިއްމު ބައެއް ހަބަރު