Advertisement

ތައިލެންޑް މުބާރާތުން ރާއްޖޭގެ ރިހާން އާއި މެރާލް އަށް ގިނަ މެޑަލްތަކެއް

18 އޮގަސްޓު 2024 - 23:20 0


ތައިލެންޑް މުބާރާތުން ރާއްޖޭގެ ރިހާން އާއި މެރާލް އަށް ގިނަ މެޑަލްތަކެއް

18 އޮގަސްޓު 2024 - 23:20 0

ތައިލެންޑްގައި ކުރިއަށްދާ އޭއޯއެސްއައި ޝޯޓް ކޯސް/ އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕް، ބެންކޮކް އެޑިޝަންގައި ވާދަކޮށް، ރާއްޖޭގެ މުހައްމަދު ރިހާން ޝިހާމް އާއި މެރާލް އައިން ލަތީފް ގިނަ މެޑަލްތަކެއް ހޯދައިފި އެވެ.

އެ ގޮތުން، ރިހާން ވަނީ ތިން ރިހި މެޑަލް އާއި އެއް ލޯ މެޑަލް ހޯދައިފަ އެވެ. އަދި މެރާލް ވަނީ، ތިން ލޯ މެޑަލާއި އެއް ރިހި މެޑަލް ހޯދައިފަ އެވެ.

މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ، ދަނިއާލް އަމީން ފައިސަލް ވަނީ، 50 މީޓަރު ބަޓަފްލައި އިވެންޓުން ލޯ މެޑަލް ހޯދައިފަ އެވެ. އެއީ، 12-13 އަހަރުގެ ކެޓަގަރީގެ 50 މީޓަރު ބަޓަފްލައި އިވެންޓް، 00.31.14 ސިކުންތުން ނިންމައިގެންނެވެ.


ރިހާން، 16-18 އަހަރުގެ ކެޓަގަރީގައި ވާދަކޮށް، ރިހި މެޑަލް ހޯދި އިވެންޓްތަކަކީ، 50 މީޓަރު ބެކްސްޓްރޯކް، 100 މީޓަރު ބަޓަފްލައި، 100 މީޓަރު ބެކްސްޓްރޯކް އިވެންޓުންނެވެ.

އެ ގޮތުން، ރިހާން، ލޯ މެޑަލް ހޯދީ 200 މީޓަރު ފްރީސްޓައިލް އިވެންޓުންނެވެ. އިވެންޓްތައް ނިންމި ޓައިމިން އަށް ބަލާއިރު، 50 މީޓަރު ބެކްސްޓްރޯކް ނިންމީ، 00.29.06 ސިކުންތުންނެެވެ. ސަތޭކަ މީޓަރު ބަޓަފްލައި 00:59.69 ސިކުންތުން ނިންމިއިރު، 100 މީޓަރު ބެކްސްޓްރޯކް ނިންމީ 01:02.81 އިންނެވެ. އަދި 200 މީޓަރު ފްރީސްޓައިލް އިވެންޓް ނިންމީ، 02:03.06 އިންނެވެ.

މެރާލް، މެޑަލްތައް ހޯދީ، 14-15 އަހަރުގެ ކެޓަގަރީގައި ވާދަކޮށްގެންނެވެ. އެ ގޮތުން، މެރާލް ލޯ މެޑަލް ހޯދީ 02:54.06 އިން ނިންމި 200 މީޓަރު ބަަޓަފްލައި އިވެންޓުންނާއި 01:11.52 އިން ނިންމި 100 މީޓަރު ބަޓަފްލައި އިވެންޓްގެ އިތުރުން 00:31.14 ސިކުންތުން ނިންމި 50 މީޓަރު ބަޓަފްލައި އިވެންޓުންނެވެ. އަދި ރިހި މެޑަލް ހޯދީ 100 މީޓަރު އިންޑިވިޖުއަލް މެޑްލީ 01:14.07 އިން ރޭސް ނިންމައިގެންނެވެ.

މިއީ، މި ފަހަރު ޕެރިހުގައި ކުރިއަށްދިޔަ އޮލިމްޕިކްސްގެ ފުރުސަތު ހޯދުމާ ގާތަށް ޖެހިލި ދެ ފެތުންތެރިން ކަމަށްވާ، ރިހާން އާއި މެރާލް އަށް މި ފަހުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ލިބުނު އެންމެ ރަނގަޅު އެއް ކާމިޔާބެވެ.