Advertisement

ގަވަރުނަރު މުނައްވަރު ވެސް ސައުދީއަށް ވަޑައިގަންނަވަނީ

18 އޮގަސްޓު 2024 - 12:48 0

އަހުމަދު އާއިދު

އ

Advertisement

ރައީސް މުއިއްޒު އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާއެކު: ފޮރިން މިނިސްޓަރު ޒަމީރު ޒަމީރު ސައުދީއަށް ވަޑައިގެންނެވީ މުނައްވަރާއެކު ރައީސްގެ ސިޓީއެއް ހިއްޕަވައިގެން --- ފޮޓޯ: ރައީސް އޮފީސް


ގަވަރުނަރު މުނައްވަރު ވެސް ސައުދީއަށް ވަޑައިގަންނަވަނީ

18 އޮގަސްޓު 2024 - 12:48 0

Advertisement

Advertisement

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސައުދީއަށް ކުރައްވާ ދަތުރުގައި ބައިވެރިވުމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވެސް އެ ގައުމަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޒަމީރު ފުރާވަޑައިގަތުމުން ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ މި ދަތުރުގައި އޭނާއާއެކު މުނައްވަރުގެ އިތުރުން ސަރުކާރުގެ ވަފުދެއް ބައިވެރިވާނެ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުގައި ބައިވެރިވުމަށް މުނައްވަރު ސައުދީއަށް ވަޑައިގަންނަވާނީ މާދަމާ އެވެ.

Advertisement

ޒަމީރު ވަޑައިގެންނެވީ ރައީސް މުއިއްޒު، ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަށް ފޮނުއްވި ސިޓީއެއް ހިއްޕަވައިގެން ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

ރައީސްގެ ސިޓީ ހަވާލުކުރަން ހަމަޖެހިފައިވަނީ، ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާން އަލްސައުދު އަށެވެ. އޭނާއެކު ޒަމީރު އަދި ދިވެހި ވަފުދުން ރަސްމީ މަޝްވަރާތަކެއް ބާއްވާނެ އެވެ. ރާއްޖޭގެ އިގުތިސޯދީ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކުރެވޭ މި މަޝްވަރާތަކުގައި ހިލޭ އެހީއާ ގުޅޭގޮތުން ވާހަކަދެކެވޭނެ ކަމަށް ބެލެވެ އެވެ.

ޒަމީރާއި މުނައްވަރުގެ އިތުރުން ދިވެހި ވަފުދުގައި ހިމެނެނީ އެމްބެސެޑާ އެޓް ލާޖު އަހުމަދު ނަސީރު، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު، ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސައީދު، އަދި ޑިރެކްޓާ ޖެނެރަލް އައިޝަތު ފަރީނާ އެވެ.

Advertisement

މަސް ނިމެންވާއިރަށް ބޭނުންކުރެވޭ ރިޒާވު ހުސްވުމުގެ ބިރު

ޖުލައި މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 43 މިލިއަން ޑޮލަރު. މިއީ މަހެއްގެ ޒަރޫރީ އިމްޕޯޓު ވެސް ނުގެނެވޭ ވަރުގެ މަދު އަދަދެއް.

މަސް ނިމެންވާއިރަށް ބޭނުންކުރެވޭ ރިޒާވު ހުސްވުމުގެ ބިރު

ޖުލައި މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 43 މިލިއަން ޑޮލަރު. މިއީ މަހެއްގެ ޒަރޫރީ އިމްޕޯޓު ވެސް ނުގެނެވޭ ވަރުގެ މަދު އަދަދެއް.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ ޒަމީރުގެ ދަތުރުގައި ސައުދީގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވާ އެ ގައުމުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާނެ ކަމަށެވެ.

ރައީސްގެ ސިޓީއަކާއެކު ޒަމީރު އަދި މުނައްވަރު ސައުދީއަށް މި ވަޑައިގެންނެވީ، މި ހިނގާ އޮގަސްޓު މަސް ނިމުމުގެ ކުރިން ބޭނުންކުރެވޭ ޑޮލަރު ރިޒާވުގައި ހުރި ފައިސާ އެއްކޮށް ހުސްވެދާނެ ކަމަށް އެމްއެމްއޭ އިން ފިނޭންސް މިނިސްޓްރީއަށް އަންގާފައިވަނިކޮށެވެ.

ރިޒާވުގެ ހާލަތު މިހާ ހިސާބަށް ދިޔަ އިރު، މިހާތަނަށް މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފިނޭންސުގެ އިސްވެރިން ހާޒިރުކޮށްގެން ބޭއްވި ބައްދަލުވުމުގައި ވެސް މިފަދަ އެއްވެސް ކަމެއް ހިއްސާއެއް ނުކުރެ އެވެ.