Advertisement

އިޒްރޭލުން ސްކޫލަކަށް ދިން ހަމަލާ ކުށްވެރިކުރެއްވިއިރު ރައީސް ވިދާޅުވީ ގާޒާގައި ހިނގަނީ "ހަނގުރާމައެއް" ކަމަށް

11 އޮގަސްޓު 2024 - 05:43 2

އަހުމަދު އާއިދު

އ

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު: ގާޒާގައި ހިނގަނީ ހަނގުރާމައެއް ކަމަށް އެމަނިކުފާނު ވަނީ ސިފަކުރައްވާފަ --- ފޮޓޯ: ރައީސް އޮފީސް


އިޒްރޭލުން ސްކޫލަކަށް ދިން ހަމަލާ ކުށްވެރިކުރެއްވިއިރު ރައީސް ވިދާޅުވީ ގާޒާގައި ހިނގަނީ "ހަނގުރާމައެއް" ކަމަށް

11 އޮގަސްޓު 2024 - 05:43 2

Advertisement

Advertisement

އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި އަލް ތާބިން ސްކޫލަށް ހަމަލާދީ 100 އަށްވުރެ ގިނަ މީހުން މަރާލުން ކުށްވެރިކުރެއްވިއިރު، ގާޒާގައި ހިންގަނީ "ހަނގުރާމަ" އެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އިޒްރޭލުން އަނެއްކާވެސް ގާޒާގެ ސްކޫލަކަށް އަމާޒުކޮށް ދިން ހަމަލާ ކުށްވެރިކުރައްވާ ކަމަށެވެ. އަދި، އަލް ތާބީން ސްކޫލަށް ދިން ހަމަލާގައި ކުޑަކުދިންނާއި އަންހެނުން ޝަހީދުކޮށް، ޒަހަމުކޮށްލާފައިވާ މަންޒަރުތައް އެމަނިކުފާނު ސިފަކުރެއްވީ ބިރުވެރި މަންޒަރުތަކެއްގެ ގޮތުގަ އެވެ.

Advertisement

ނަމަވެސް ޖެހިގެން އައި ޖުމްލާގައި ރައީސް ވަނީ ގާޒާގައި ހިނގަނީ ހަނގުރާމައެއް ކަމަށް ވިދާޅުވެފަ އެވެ.

"މި ހަނގުރާމާގައި ފަލަސްތީނުގެ މައުސޫމު 39،000 އާންމުން ވަނީ މަރާލާފަ. އިޒްރޭލުން ހަމަލާތައް ހުއްޓާލުމަށް އެއްވެސް އެއްބާރުލުމެއް ނުދޭ،" ރައީސްގެ ޕޯސްޓުގައި ވިދާޅުވި އެވެ.

ސްކޫލަށް ބޮން އެޅުމަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށާއި އިޒްރޭލުގެ އަމަލުތައް ހުއްޓުވަން ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

Advertisement

ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަނީ "ނަސްލުހޭދު" އެއް ނުވަތަ "ޖެނޮސައިޑް" އެއް ކަމަށް އދ. އިން ވެސް އެއްބަސްވެ އެވެ. މީގެކުރިން ރައީސް ވެސް ވަނީ އެއީ ޖެނޮސައިޑެއް ކަމަށް ވިދާޅުވެފަ އެވެ. ޖެނުއަރީ 26، ގައި ރައީސް އެކްސްގައި ލިޔުއްވީ އިޒްރޭލުން ހިންގާ ނަސްލޫހޭދުގެ އަމަލުތައް ހުއްޓުވަން ޖެހޭ ކަމަށެވެ.

ނަމަވެސް، އެ ޕޯސްޓަށްފަހު ރައީސް ކުރެއްވި އެއްވެސް ޕޯސްޓެއްގައި އިޒްރޭލުން ހިންގަނީ ނަސްލުހޭދު އެއް ކަމަށް ވިދާޅެއްނުވެ އެވެ. ސަރުކާރުން ފަލަސްތީނާ އެއްކޮޅަށް ނެރުނު ބަޔާންތަކުގައިވެސް އެކި ފަހަރުމަތިން އެކި ގޮތަށް ރަސްމީ ބަހުރުވަ ގެންގުޅެފައިވެ އެވެ.

އިޒްރޭލުން މިދިޔަ މަހު ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އަދި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން ހާރިޖިއްޔާއިން ނެރުނު ބަޔާނުގައިވެސް ބުނީ ގާޒާގައި ހިނގަނީ "ކާރިސާއެއް" ކަމަށެވެ.

ގައުމުތަކުގެ ލީޑަރުންނާ ދެކޮޅަށް މި މައްސަލާގައި އާންމުން އަޑުއުފުލާ އެއް ސަބަބަކީ ގާޒާގައި ހިންގަމުންދާ ޖެނޮސައިޑަކީ ހަނގުރާމައެއް ކަމަށް ނުވަތަ އެއަށްވުރެ ދަށު ދަރަޖައިގަ ސިފަކުރުމެވެ. ރައީސް މިއަދު ކުރެއްވި ޕޯސްޓަށް ވެސް މި ބީދައިން އާންމުން ދަނީ ފާޑުކިޔަމުންނެވެ.

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ބޯގޮވި

7 months ago

39 ހާސްގެ މީހުންގެ އެންމެނަކީ މައުސޫމް މީިހުންނެއް ނޫން. ކޮބާ ހަމާސްގެ ޓެރަރިސްޓުން. އޭގެން 30 ހާސް މީހުނަކީ ހަމާސްގެ ހަނގުރާމަވެރިން. ހަނގުރާމަ ކުރާ ބަޔަކާ ހަނގުރާމަ ކުރަން ގުރުއާނާއި ބައިނަލްއަގްވާމީ ގާނޫނުތަކުގައި ވެސް އޮވޭ. ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލްގެ 1500 ޢާންމުން މަރާ ކިޑްނެޕްކޮށް ދޫ ނުކޮށްގެން އުޅޭ ކަން ކަލޯމެނަށް ނުލިޔަނީ ކީއްވެ

ހަސަންރަހާ

7 months ago

ޖެނޮސައިޑެއް ކާރިސާ އެއް ހަނގުރާމައެއް ނޭގޭ ވަރަށް ބޮލަށް އެނބުރުން އެރީމާ އެއެއް މިއެއް އޮޅުމެއް ނުފިލާނެ! އަދުރޭ ނުވަތަ އަދުރޭ ގެ ސޮރު ލިޔެދިން ޓުވީޓެއް ތޯއްޗެ! ދެން އިސާހިތަކުން ތިޔަ ތުވީޓު ދިޅީތް ވާ ތަން ފެންނާނީ...