10 އޮގަސްޓު 2024 - 13:44 2
10 އޮގަސްޓު 2024 - 13:44 2
އިންޑޮނޭޝިއާގެ ބަތަމްގައި މިހާރު ކުރިއަށްދާ 56 ވަނަ އޭޝިއާ ބޮޑީބިލްޑިން އެންޑް ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕް މުބާރާތުން ރާއްޖޭގެ އަބްދުﷲ އަހްސަން ވެސް ރަން މެޑަލް ހޯދައިފި އެވެ.
މިއާ އެކު، މި ފަހަރުގެ މުބާރާތުގައި ރާއްޖޭން މި ވަނީ ޖުމްލަ ތިން މެޑަލް ހޯދައިފަ އެވެ. އެއީ، 60 ކިލޯ ކެޓަގަރީން ރިހި މެޑަލް ހޯދި ޝާހީން އިބްރާހިމް ދީދީ (ޝާންޓެ) އާއި ސްޕޯޓްސް ފިޒީކް، 170 ސެންޓިމީޓަރު ކެޓަގަރީން ރަން މެޑަލް ހޯދި އަޒްނީން ރަޝާދު އަދި ސްޕޯޓްސް ފިޒީކް، 175 ސެންޓިމީޓަރު ކެޓަގަރީން ރަން މެޑަލް ހޯދި އަހްސަން އެވެ.
މީގެ ތެރެއިން، އަޒްނީން މި ވަނީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އޭޝިއާ މުބާރާތުގެ އެ ކެޓަގަރީން ރަން މެޑަލް ހޯދައިފަ އެވެ.
ޝާހީން އަށް ވަނީ މީގެ ކުރިން، އޭޝިއާގެ މުބާރާތަކުން ރަން މެޑަލް ލިބިފަ އެވެ. އެ ގޮތުން، 2017 ވަނަ އަހަރުގެ އޭޝިއާ ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕްގެ 55 ކިލޯ ކެޓަަގަރީން ރަން މެޑަލް ހޯދައިފަ އެވެ. އެެއާ އެކު، ޝާހީން ވެފައިވަނީ އޭޝިއާ ބައްރުގެ މުބާރާތަކުން ރަން މެޑަލެއް ހޯދައިދިން ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.
ޝާހީން އާއި އަޒްނީން އަދި އަހްސަންގެ އިތުރުން ދެން އޭޝިއާ މުބާރާތުން ރާއްޖެ އަށް ރަން މެޑަލެއް ހޯދައިދިން އެތުލީޓަކީ، މުހައްމަދު މޫސާ (މޯޑް) އެވެ. އެއީ، ކ. މާފުށީގައި 2022 ވަނަ އަހަރު ހޯސްޓްކުރި އޭސިއާ ބޮޑީބިލްޑިން މުބާރާތުގެ 55 ކިލޯ ކެޓަގަރީންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޖޭމްސް ބޮންޑް
8 months ago
ރާއްޖޭގެ މީޑިއާތަކުން ބޮޑީ ބިލްޑަރުން އައުރަ ނިވާވާ ގޮތަށް ތިބޭ ފޮޓޯތައް ފެތުރުން ހުއްޓަންޖެހޭ
މަވެސް
8 months ago
ރާއްޖޭގައި މިވެރިން ޕޮލިސް އަދި އެމް އެން ޑީ އެފް ގަވެސް ސުޓެރޮއިޑް ވިއްކާ ބޭނުން ކުރަން ފަށައިފި ކަމައް މެޓޮރޯ ޖިމްގައި ކިޔާ ދެންލަލަލާ ޑޮކްޓަރު މިނިސްޓަރު އަތްޖަހާ
Comment