Advertisement

އިންޑިއާ އެއްބަސްވުންތަކުގެ މައްސަލަ ބަލަން އުޅުމުން ރައީސް ވަނީ އަޒާން ސައިޒުކޮށްލާފައި: ނާޒިލް

8 އޮގަސްޓު 2024 - 23:08 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް: އޭނާ ވިދާޅުވީ ރައީސް ވަނީ މެންބަރު އަޒާން ސައިޒުކޮށްލާފަ ކަމަށް --- ފޮޓޯ: އެމްޑީޕީ


އިންޑިއާ އެއްބަސްވުންތަކުގެ މައްސަލަ ބަލަން އުޅުމުން ރައީސް ވަނީ އަޒާން ސައިޒުކޮށްލާފައި: ނާޒިލް

8 އޮގަސްޓު 2024 - 23:08 0

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އިންޑިއާއާއެކު ހެދި އެއްބަސްވުންތަކުގެ މައްސަލަތައް ބަލާ އެ އެއްބަސްވުންތައް ހާމަކުރަން އުޅުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން "ސައިޒު ކޮށްލާފައި" ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް މިރޭ ތުހުމަތުކުރައްވައިފި އެވެ.

އިދިކޮޅު އެމްޑީޕީގެ ދަނޑިކޮށި ޖަގަހާގައި ކުރިއަށްދިޔަ ޖަލްސާއެއްގައި ނާޒިލް މަޒާޖީ ގޮތަކަށް އިންޑިއާގެ އެއްބަސްވުންތަކުގެ މައްސަލަ ބަލަން އަޒާން ހުށަހެޅުން ގުޅުވީ ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރާ އެވެ.

"[ހުށަހެޅުއްވީ] އެ ހުރިހާ އެއްބަސްވުންތައް ކޮމިޓީއަށް ގެންނަން. އެވަގުތު އިއްތިފާގުން މި ދިމާވީ ކިހިނެތް. ރައީސް މުއިއްޒު މި ހުންނެވީ އިންޑިއާ ބޮޑުވަޒީރު އަރިހުގަ ޖެހިގެން،" ނާޒިލް ވިދާޅުވި އެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް އަޒާން ހުށަހެޅުއްވީ ޖޫން 9، ގަ އެވެ. އެދުވަހު ރައީސް މުއިއްޒު ހުންނެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ދައުރަކަށް ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގެން ނިއުދިއްލީގަ އެވެ.

"މެސެޖެއް މި ދަނީ އިންޑިއާ ބޮޑުވަޒީރަށް [އަޒާން] މިކަން އެބަކުރެއޭ. ބޮޑުވަޒީރު މި ކުރިކަމަކީ މުއިއްޒު ފަޔަށް ތަންކޮޅެއް ބާރަށް ފިތާލީ... މުއިއްޒު ހަމަ ސިއްސައިގެން ގޮސްފަ ބަލާލިއުރު މި އޮންނަނީ މެސެޖެއް. މިހެންނޭ މިކަން މި ވަނީ. އަނެއްކާ މެސެޖެއް މި ކުރީ [އަޒާން އަށް] ހޯހޯއޭ ތިކަމެއް ނުކުރެވޭނެއޭ. ކާކުހޭ ކަލޭތީ،" ނާޒިލް ވިދާޅުވި އެވެ.

އަދި، ރައީސްގެ އެންގުމާއެކު ވެރިކަންކުރާ ޕީއެންސީގެ މެންބަރު އަޒާން "ސައިޒުވެފައި" ވާ ކަމަށާއި އެހިސާބުން އެ ވާހަކަ ނިމުނީ ކަމަށެވެ.

އަޒާން 241 ކޮމިޓީއަށް މައްސަލަ ހުށަހެޅި ދުވަހު ފާސްކުރީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމުގެ ކަންކަމާއި، އުތުރު ތިލަފަޅު އެއްބަސްވުމުގެ ޕްރޮސެސް ހިނގާފައިވާ ގޮތް ބެލުމަށް އަދި ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުމުގެ ކަންކަން ބެލުމަށެވެ.

އެ މައްސަލަތައް ބެލުމަށް އެކުލަވައިލީ އަޒާންވެސް ހިމެނޭހެން ހަތަރު މެންބަރުންގެ ކޮމިޓީއެކެވެ. ނަމަވެސް އޭގެފަހުން ސަބް ކޮމިޓީގެ އެއްވެސް ބައްދަލުވުމެއް ކުރިއަށް ގެންދިޔަކަން ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުން އެނގޭކަށް ނެތެވެ.

އެ މައްސަލަ ހުށަހެޅުއްވުމުގެ ކުރިން ބޭއްވި، 241 ކޮމިޓީގެ ދެ ވަނަ ބައްދަލުވުމުގައި އަޒާން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދެއްވި އެންމެ ބޮޑު އެއް ސަބަބަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ކަށަވަރުކުރުމަށްޓަކައި އަދި މިނިވަންކަމަށް އުނިކަން އަންނަ ގިނަ ކަންތައްތަކެއް ހިނގާފައި ހުރިކަން ރައްޔިތުންނަށް ގަބޫލުކުރެވިގެން ކަމަށެވެ.