Advertisement

ޔުނައިޓެޑުން މި ފަހަރު ގެނައި ޔޯރޯ ތިން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

1 އޮގަސްޓު 2024 - 08:41 0

ޔުނައިޓެޑްގެ ޓްރެއިނިންގެ ތެރެއިން ޔޯރޯ ބޯޅަ ހިފައިގެން.


ޔުނައިޓެޑުން މި ފަހަރު ގެނައި ޔޯރޯ ތިން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

1 އޮގަސްޓު 2024 - 08:41 0

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 1) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ޔުނައިޓެޑުން ގެނައި، ފްރާންސްގެ ޒުވާން ޑިފެންޑަރު، ލެނީ ޔޯރޯގެ ފަޔަށް ޕްރީ ސީޒަން މެޗެއްގެ ތެރެއިން ލިބުނު އަނިޔާއާ ހެދި އޭނާ ތިން މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފްރާންސްގެ ލިލް ދޫކޮށް، 62 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން ޔޯރޯ، 18، ޔުނައިޓެޑަށް ސޮއިކުރީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އާސެނަލާ ދެކޮޅަށް ކުޅެ، 2-1 އިން ޔުނައިޓެޑް ބަލިވި މެޗުގައި، ޔޯރޯ ފަޔަށް ލިބުނު އަނިޔާއަކާ ހެދި ގިނަ ވަގުތު ދަނޑުމަތީގައި އޭނާ އަށް ފަރުވާދިނެވެ. އަދި އޭގެ ފަހުން، އޭނާ ބަދަލުކުރަން ނިންމީ އެވެ.

މިދިޔަ ސީޒަނުގައި، ލިލް އަށް ގިނަ މެޗުތަކެއް ކުޅުނު ޔޯރޯ އަށް މާ ބޮޑު އަނިޔާގެ މައްސަލަތަކެއް ދިމައެއްނުވެ އެވެ. އެކަމަކު، ޔުނައިޓެޑާ އެކު ކުޅުނު ދެ ވަނަ މެޗުގައި ފައިތިލަ އަށް ލިބުނު އަނިޔާއާ ހެދި މަދުވެގެން ދެ މަސް ދުވަހު ކުޅުމާ ދުުރުގައި ހުންނަންޖެހޭނެކަން ޔަގީންވެއްޖެ އެވެ.

އެ ގޮތުން، ޔޯރޯ، ފުލް ފިޓްނަސް އަށް އެނބުރި އައިސް، މެޗުތަކުގައި ކުޅެވޭއިރު، ތިން މަހެއްހާ ދުވަސް ވާނެ ކަމަށް، ރިޕޯޓްތައް ބުނެ އެވެ.

ޔުނައިޓެޑުން އަންނަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އިތުރު ޑިފެންޑަރުން ހޯދަން މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، ބަޔާން މިއުނިކަށް ކުޅެމުން އަންނަ މޮރޮކޯގެ ފުލްބެކް، ނުސައިރު މަޒްރައޮއީ އާއި ނެދަލެންޑްސްގެ ޑިފެންޑަރު، މަތައިސް ޑި ލިޓް ހޯދަން ޔުނައިޓެޑުން އަންނަނީ މަޝްވަރާކުރަމުންނެވެ. މީގެ ތެރެއިން މަޒްރައޮއީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޔުނައިޓެޑަށް ސޮއިކުރުމުގެ ފުރުސަރު ބޮޑެވެ.

ކުރިން އަޔަކްސް އަށް ކުޅުނު މަޒްރައޮއީގެ ޑީލް ޔުނައިޓެޑުން ނިންމަނީ، އެ ޓީމަށް ކުޅޭ އިނގިރޭސި ފުލްބެކް، އާރޮން ވަން ބިސާކާ، 20 މިލިއަން ޑޮލަރަށް ވެސްޓް ހޭމް ޔުނައިޓެޑަށް ވިއްކާލުމަށް ފަހު އެވެ.