Advertisement

ވެގަ ބްރޭންޑުގެ ޓޮމާޓޯ ޕޭސްޓްގެ ތިން ސައިޒެއް ހެޕީމާކެޓުން ވިއްކަން ފަށައިފި

30 ޖުލައި 2024 - 17:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހެޕީމާކެޓުން ވިއްކާ ވެގަ ބްރޭންޑްގެ ޓޮމާޓޯ ޕޭސްޓްގެ ތިން ސައިޒު --


ވެގަ ބްރޭންޑުގެ ޓޮމާޓޯ ޕޭސްޓްގެ ތިން ސައިޒެއް ހެޕީމާކެޓުން ވިއްކަން ފަށައިފި

30 ޖުލައި 2024 - 17:12 0

ގިނަ އަދަދެއްގެ ފެންވަރު ރަނގަޅު އުފެއްދުންތައް ރާއްޖެ އެތެރެކޮށް ވިއްކާ ހެޕީމާކެޓުން ވެގަ ބްރޭންޑްގެ ޓޮމާޓޯ ޕޭސްޓުގެ ތިން ސައިޒެއް ވިއްކަން ފަށައިފި އެވެ.

ވެގަ ޓޮމާޓޯ ޕޭސްޓް ހެޕީމާކެޓުން ވިއްކަން ފަށާފައިވަނީ ހޯލްސޭލްކޮށް ގަންނަ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓަކާއި އޮފާއަކާ އެކީގަ އެވެ. އެގޮތުން ވެގަ ޓޮމާޓޯ ޕޭސްޓްގެ ކޮންމެ ސައިޒެއްގެ ވެސް ފަސް ކޭހަށްވުރެ ގިނައިން ގަންނަ ނަމަ، 10ރ. ގެ ޑިސްކައުންޓެއް ލިބެ އެވެ.

ވެގަ ޓޮމާޓޯ ޕޭސްޓަކީ ފަސޭހައިން ކަނޑައިލެވޭ، ދަޅުގައި ހުންނަ ރަތް ކުލަ ގަދަ ކޮލިޓީ ޕޭސްޓެކެވެ.

ވެގަ ޓޮމާޓޯ ޕޭސްޓުގެ 70 ގްރާމު، 210 ގްރާމު އަދި 400 ގްރާމު ދަޅުގެ ހެޕީމާކެޓުގެ ހުރިހާ ފިހާރައަކުން އަދި އިތުރު ރީޓެއިލް ފިހާރަތަކުން ލިބެ އެވެ.

ކެއްކުމަށް ޒަމާނުއްސުރެ އާއްމުކޮށް ބޭނުންކުރާ ޓޮމާޓޯ ޕޭސްޓަކީ އެކި ކަހަލަ ރިހަތަކާއި، ކުޅިމަސް، ނޫޑުލްސް ފަދަ ކާއެއްޗެހީގެ ރަހަ އިތުރަށް މީރު ކުރުމަށް ބޭނުންކުރާ މުހިންމު އެއްޗެކެވެ.

ޓޮމާޓޯ ޕިއުރީ އަޅައިގެން ތައްޔާރުކުރާ ޑިޝްތަކަށް ޓޮމާޓޯ ޕިއުރީގެ ބަދަލުގައި ޓޮމާޓޯ ޕޭސްޓް ކުޑަ ދަޅެއް އަޅާލުމުން، ހަރަދު ކުޑަކޮށް އަދި އެ ޑިޝްއަކަށް އިތުރު އޮލަކަމެއް ގެނެސްދީ ރަހައަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެ އެވެ.

ޓޮމާޓޯ ޕޭސްޓް އަޅައިގެން ތައްޔާރުކޮށްލެވޭ ގިނަ ވައްތަރުގެ ކާއްޗެހި ތެރޭގައި ޕާސްތާ ސޯސް އަދި ޕިއްޒާ ސޯސްތައް، އެކި ކަހަލަ ސްޓޫތައް، ޓޮމާޓޯ ބަތް، ބިރިޔާނީ، ކެސަރޯލް އަދި އެކި ކަހަލަ ތަފާތު ރިހަތައް ހިމެނެ އެވެ.

ހެޕީމާކެޓުގެ ފިހާރާތައް މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ތިނަދޫ ސިޓީގައި ހުރެ އެވެ.