Advertisement

ދިރާގުގެ އައު ޕާޓްނާ ޝޮޕެއް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި

29 ޖުލައި 2024 - 18:49 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދިރާގުގެ އައު ޕާޓްނާ ޝޮޕްއާއެކު ހުޅުމާލެ ފޭސް 2 ގައި ހުޅުވުން -- ފޮޓޯ: ދިރާގު


ދިރާގުގެ އައު ޕާޓްނާ ޝޮޕެއް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި

29 ޖުލައި 2024 - 18:49 0

ދިރާގާއި އޯއޭސެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޕާޓްނާޝިޕްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި ފިހާރައެއް ހުޅުވައިފި އެވެ.

ދިރާގުގެ ހިދުމަތްތައް ލިބޭ އެ ފިހާރަ ހުޅުވާފައި ވަނީ ހިޔާ ފްލެޓް 5 (އެޗް5-ޖީ-01) ގަ އެވެ.

ދިރާގުން ބުނީ އެ އައު ޕާޓްނާ ޝޮޕްގެ ސަބަބުން ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ބޮޑު އާބާދީއަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާ އެކު ދިރާގުގެ ހިދުމަތްތައް ހޯދޭނެ ކަމަށެވެ.

ހުޅުމާލެ ފޭސް 2 ގެ ޕާޓްނާ ޝޮޕް މެދުވެރިކޮށް ލިބޭ ދިރާގުގެ ހިދުމަތްތައް:

• ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ހިދުމަތުގެ ބިލް ދެއްކުން

• ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ބްލޭންކް ސިމް ކާޑު ގަތުން

• ޕްރީޕެއިޑް ޕްލޭންތަކުގެ ރީޖާރޖް ހިދުމަތް

• ޑޭޓާ އެޑް-އޮން ސަބްސްކްރިޕްޝަން ނެގުން

ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށް، އެކި މުޖުތަމައުތަކުގެ ރައްޔިތުންނަށް އަވަސް، ފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށް ދިރާގުން ދަނީ މަސައްކަތް ކުރަމުންނެވެ.