Advertisement

ގާޒާގެ ސްކޫލަކަށް އިޒްރޭލުން ހަމަލާދީ 30 މީހުން މަރާލައިފި

27 ޖުލައި 2024 - 20:47 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިޒްރޭލުން ގާޒާގެ ސްކޫލަކަށް ހަމަލާދިނުން: ހަމަލާގައި 30 މީހުން ވަނީ މަރުވެފައި -- ފޮޓޯ: އޭއެފްޕީ


ގާޒާގެ ސްކޫލަކަށް އިޒްރޭލުން ހަމަލާދީ 30 މީހުން މަރާލައިފި

27 ޖުލައި 2024 - 20:47 0

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމުގައި ފަލަސްތީނުގެ ރައްޔިތުން ހިޔާވެހިކަން ހޯދައިގެން ތިބި ސެންޓްރަލް ގާޒާގެ ހަދީޖާ ސްކޫލަށް ވައިގެ މަގުން ހަމަލާދީ 30 މީހުން މަރާލައިފި އެވެ.

އެ ހަމަލާ އިޒްރޭލުން ދިނީ ހަމާސްއަށް ނިސްބަތްވާ މީހުން އެތަނުގައި ތިބި ކަމަށް ތުހުމަތުކޮށް ނަމަވެސް، އެކަން ގަޒާގައި ތިބި އޮފިޝަލުން ދޮގުކުރެ އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލްއާ ހަވާލާދީ ރޮއިޓާސްއިން ބުނީ އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އަށް އަންހެނުންނާއި 15 ކުޑަކުދިން ހިމެނޭ ކަމަށާއި 100 މީހުން ޒަހަމްވި ކަމަށެވެ.

އިޒްރޭލުން އަންނަނީ ގާޒާގައި ތިބި މީހުންނަށް އިންޒާރުދީ އެތަން ދޫކޮށް ދިޔުމަށް އަންގައި، ވަރުގަދަ ހަމަލާތަކެއް މެދުނުކެނޑި ދެމުންނެވެ. އެގޮތުން އިޒްރޭލުން އަންނަނީ އެ ގައުމުން ހަނގުރާމަ ކުރަމުންދަނީ ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ ބަހަނާދައްކައި، ފަލަސްތީނު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާދެމުންނެވެ.

އޮކްޓޯބަރު، 7 އިން ފެށިގެން ގާޒާއަށް މެދުނުކެނޑި އިޒްރޭލުން ދޭ ހަމަލާތަކުގައި މިހާތަނަށް 39،200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ކަމާ ނުބެހޭ ކުޑަކުދިންނާއި އަންހެނުންނެވެ.

އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލްއާންމު ހުއްޓާލުމަށް ގައުމުތަކުން ގޮވާލައި އެކަމަށް މަސައްކަތް ކުރަމުން އައި ނަމަވެސް، މިހާތަނަށް ވެސް އިޒްރޭލާއެކު އެފަދަ އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.