Advertisement

ލެވަކޫސަނުން ލޯނަކަށް ގުލާ ގެންދަން ހުށަހަޅައިފި

27 ޖުލައި 2024 - 09:50 0


ލެވަކޫސަނުން ލޯނަކަށް ގުލާ ގެންދަން ހުށަހަޅައިފި

27 ޖުލައި 2024 - 09:50 0

މިއުނިކް (ޖުލައި 27) - ޖަރުމަނުގެ އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަނުން ލޯން ޑީލެއްގެ ދަށުން ރެއާލް މެޑްރިޑަށް ކުޅޭ ތުރުކީގެ ވިންގް، އާޑާ ގުލާ ގެންދަން ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ގުލާ، 18، މިދިޔަ އަހަރު ތުރުކީގެ ފެނަބާޗޭގައި ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، 25 މިލިއަން ޑޮލަރަށް އަރާ ޑީލެއްގައި ރެއާލުން ވަނީ އޭނާގެ ސޮއި ހޯދައިފަ އެވެ. ފެނަބާޗޭ އަށް ކުޅުނު އެންމެ ފަހުގެ ސީޒަނުގައި، ގުލާ ވަނީ ހަ ގޯލު ޖަހައި، ހަތް ލަނޑު ޖަހަން ފުރުސަތު ތަނަަވަސްކޮށްދީފަ އެވެ.

ތުރުކީ އަށް މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ގުލާ ވަނީ މިދިޔަ ސީޒަނުގެ ފަހުކޮޅުގައި ރެއާލްގެ މެޗުތަކުގައި ކުޅެފަ އެވެ. އެ ގޮތުން، ރެއާލަށް ކުޅެދިން 12 މެޗުން ވަނީ ހަ ގޯލު ޖަހައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، ގުލާ އަށް މި ސީޒަނުގައި ރެއާލްގެ މެޗުތަކުގައި ފުރުސަތު ދޭނެ މިންވަރާ މެދު، ރެއާލްގެ ޕްރީ ސީޒަނުގައި އެ ޓީމުގެ ކޯޗު، ކާލޯ އަންޗެލޮޓީ ގޮތެއް ނިންމާނެ އެވެ. އަދި ގުލާގެ ޑިވެލޮޕްމަންޓް އަށް ވިސްނައި، ކުޅުމުގެ ފުރުސަތު ގިނައިން ލިބޭ ޓީމަކަށް އޭނާ ދޫކޮށްލުމަކީ ވެސް ރެއާލްގެ އިހުތިޔާރުގައި އޮތް ކަމެކެވެ. އެ ގޮތުން، ގުލާ ހޯދަން މިހާރު ވެސް ލެވަކޫސަނުން އޮތީ ޕްރޮޕޯސަލެއް ހުށަހަޅައިފަ އެވެ.

އެ ގޮތުން، ލެވަކޫސަނުގެ ކޯޗު، ޒަބީ އަލޮންސޯ އަންނަނީ ރެއާލުން މި ޑީލާ މެދު ޝައުގުވެރިވާނަމަ، ރެއާލުން ރުހޭ މާއްދާތަކެއް ހިމަނާފައިވިޔަސް، ގުލާ އެ ޓީމަށް އަންނަ ސީޒަނަށް ގެންދެވޭތޯ ބަލަމުންނެވެ.