Advertisement

ޕޮއިޒްގެ ހާއްސަ ހަވީރަށް ބޮޑު ތަރުހީބެއް، މާދަމާ ވެސް ކުރިއަށްދާނެ

26 ޖުލައި 2024 - 20:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޕޮއިޒްގެ ހާއްސަ ހަވީރަށް ބޮޑު ތަރުހީބެއް، މާދަމާ ވެސް ކުރިއަށްދާނެ

26 ޖުލައި 2024 - 20:11 0

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސެންޓު ވިއްކާ ފިހާރަ ޕޮއިޒްގެ ހާއްސަ އިވެންޓު "އޭން އިވްނިން ވިތު ޕޮއިޒް" މިއަދު ހަވީރު ފަށައި، އެ އިވެންޓަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

އާޓިފިޝަލް ބީޗުގައި ކުރިއަށްދާ އެ ހަރަކާތް ހަވީރު 4:00 އިން ފެށިގެން 06:00 ޖެހުމާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ. އަދި މިރޭ 08:30 އިން 10:30 އަށް އެ ހަރަކާތް ކުރިއަށް ގެންދާނެ އެވެ.

ޕޮއިޒްއިން ވިއްކާ 12 ބްރޭންޑެއް 12 ސްޓޯލް ފެނިގެންދާ އެ އިވެންޓު މާދަމާ ހަވީރު އަދި ރޭގަނޑު ވެސް ބާއްވާނެ އެވެ. އެއީ ހަވީރު 4:00 އިން 06:00 އަށް އަދި ރޭގަނޑު 08:30 އިން 10:30 އަށެވެ.

ޕޮއިޒްގެ އެމްޑީ އިލްޔާސް މުހައްމަދު "އަދަދު" އަށް ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން ބާއްވާ މި އިވެންޓަކީ އެ ފިހާރައިން ވިއްކާ އުފެއްދުންތައް އެއްތަނަކުން ދައްކާލައި، ވީހާވެސް ގިނަ ބަޔަކަށް ތަޖުރިބާކޮށްލަން ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ އިވެންޓެއް ކަމަށެވެ.

ޕޮއިޒްގެ ހާއްސަ އިވެންޓު "އޭން އިވްނިން ވިތު ޕޮއިޒް" ގެ ތެރެއިން -- ފޮޓޯ: އަތޫފް އާތިފް / އަދަދު


"އިވެންޓުގައި ހުރިހާ އުމުރުފުރާއަކަށް ހާއްސަކޮށްގެން އިނާމު ލިބޭ ގޭމްތަކާއި އަދި އިވެންޓުގެ ތެރެއިން ހިލޭ ހަދިޔާ ބެހުމާއި އަޅުގަނޑުމެންނާއި ކަސްޓަމަރުންނާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަށްޓަކައި ވަރަށް އެޓްރެކްޓިވް ކަންތައްތަކެއް ހިނގަމުންދާނެ،" އިލްޔާސް ވިދާޅުވި އެވެ.

އިވެންޓުގެ ތެރެއިން ސެންޓުފުޅިއެއް ގަނެގެން ސެމްސަންގް ގެލެކްސީ S23 އެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން މާދަމާ ރޭ އިވެންޓު ނިންމާލާއިރު ލަކީޑްރޯގައި ހިމެނުނު ފަރާތްތަކުގެ ގުރުއަތުލުން ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕޮއިޒްއިން އަންނަނީ ނަން މަޝްހޫރު ޕާފިއުމްސްއާއި ސްކިން ކެއާ އަދި ހެއާ ކެއާގެ އޮރިޖިނަލް އުފެއްދުންތައް ވިއްކަމުންނެވެ.