Advertisement

ޑޮކިއުމެންޓު ފޯޖުކުރި މުވައްޒަފުންނަށް ސިޓީ ކައުންސިލުން މީގެ ކުރިން ފިޔަވަޅު ނާޅާ އެބަހުރި: އާޒިމް

26 ޖުލައި 2024 - 12:27 2

އަހުމަދު އާއިދު

އ

Advertisement

މާލެ ސިޓީގެ މޭޔަރު އާޒިމް: އޭނާ ވިދާޅުވީ ޑޮކިއުމެންޓު ފޯޖުކުރި މުވައްޒަފުންނަށް ސިޓީ ކައުންސިލުން މީގެ ކުރިން ފިޔަވަޅު ނާޅާ އެބަހުރި ކަމަށް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ޑޮކިއުމެންޓު ފޯޖުކުރި މުވައްޒަފުންނަށް ސިޓީ ކައުންސިލުން މީގެ ކުރިން ފިޔަވަޅު ނާޅާ އެބަހުރި: އާޒިމް

26 ޖުލައި 2024 - 12:27 2

Advertisement

Advertisement

މާލެ ސިޓީ ކައުންސިލުގެ ހިންގުމާ ހަވާލުވިއިރު އެތަން ބޮއްސުންލައިގެން ގޮސްފައިވާ ކަމަށާއި ޑޮކިއުމެންޓު ފޯޖުކުރިކަން އެނގޭ މުވައްޒަފުންނާ ދޭތެރޭ ފިޔަވަޅު ނާޅާ ދޫކޮށްލާފައި އެބަހުރި ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ސިޓީ ކައުންސިލް ހިންގުމުގާ ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން، "އަދަދު" ގެ އެތެރެފުށް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެ އިދާރާގެ ހިންގުން ރަނގަޅު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

Advertisement

އާޒިމް މޭޔަރުކަމަށް ހޮވުނީ، އެ މަގާމުގައި ކުރިން ހުންނެވި މިހާރުގެ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ބޭއްވި ބައި އިލެކްޝަނަކުންނެވެ. އާޒިމް ފާހަގަކުރައްވާފައިވަނީ ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ސިޓީ ކައުންސިލް "ބޮއްސުންލާފައި" އޮތް ގޮތުގެ ވާހަކަ އެވެ.

އެގޮތުން ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ހެދި ބައެއް އެއްބަސްވުންތަކުގެ ލިޔެކިޔުންތައް ނެތް ކަމަށާއި އެ ދުވަސްވަރު ހިންގި ގަސް ޕްރޮގްރާމަށް ވެސް 50 އާއި 60 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމުގެ ދަށުން ކުރި މަސައްކަތުގެ އިންވެންޓްރީ ބެލެހެއްޓިފައި ނެތް ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

"ޑޮކިއުމެންޓު ފޯޖުކުރިކަން ފާހަގަކުރެވިފަ ތިބި މުވައްޒަފުން އެބަތިބި މިހާރު ވެސް. ގަރާޖު ސިޓީ ކަންތަކުގަ އެއީ. މި ހިސާބަށް ދާއިރު ވެސް މިތަނުގެ އެޗްއާރުގެ ހެޑަށް ފިޔަވަޅު ނޭޅި ގޮސްފައިވަނީ އެކި އެކި އުޒުރު ދައްކާފަ، ދެ މަސް ދުވަހު އޮފީހަށް ނާންނަ މުވައްޒަފު ކަނޑާނުލެވޭނެ ކަމަށް. ފިޔަވަޅު ނޭޅޭނެ ކަމަށް އެބަހުރި ނިންމާފަ،" އާޒިމް ވިދާޅުވި އެވެ.

Advertisement

މިފަދަ މައްސަލަތައް ހައްލުކުުރުމަށް ދަތިތައް ހުރުމާއެކު އެ މައްސަލަތައް ހައްލުކޮށްދިނުމަށް ސިވިލް ސާވިސްގައި އެދިފައިވީ ނަމަވެސް އެ ކޮމިޝަނުން ފިޔަވަޅުތައް އެޅުން ލަސް ކަން ވެސް މޭޔަރު ފާހަގަކުރެއްވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ސިވިލް ސާވަންޓުގެ ގޮތުގައި ތިބި މުވައްޒަފުން މަސައްކަތް ނުކުރި ނަމަވެސް ފިޔަވަޅު އެޅުމުގައި ދަތިތަ ވަނީ އެއް މުވައްޒަފަކު އަނެއް މުވައްޒަފަކު ހިމާޔަތް ކުރަމުންދާތީ އެވެ.

Advertisement

0.00%

0.00%

33.33%

66.67%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ޒަމީރު

8 months ago

ގަރާޖު ހުއްދަކަންތަކަކީ ސިޓީކައުންސިލުތެރޭ ތިބި ބަޔަކު އާއްމުންގެ ބަޔަކާ ގުޅިގެން ކުރާ ބޮޑު ވައްކަމެއް.

ތައުފީގް

8 months ago

ރަނގަޅު ވާހަކަފުޅެއް. ހުރިހާކަމެއް ހުރީ ގޮސްކޮށް. އެހެންވީމާ މަނިކުފާނު ހޮވާފަ ތިޔަހުރީ. ހުރިހާކަމެއް ރަނގަޅު ކޮއްލާ. އޭރުން އަނެއްކާވެސް ހޮވާނެ