25 ޖުލައި 2024 - 19:04 1
25 ޖުލައި 2024 - 19:04 1
ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ފީ އާއި ވާކް ޕާމިޓް ފީގެ ގޮތުގައި ދައުލަތަށް ފައިސާ ނުދައްކާ ހުރި ކުންފުނިތަކުގެ ލިސްޓުގައި ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އެޗްއާރުސީ) ހިމަނައި އާންމުކުރިއިރު އެ ފީ ދައްކަން އޮތީ ޕްލޭނެއް އެކުލަވާލެވި އެެއަށް އައީ އަމަލުކުރަމުން ކަމަށާއި ލިސްޓު އާންމުކުރީ އެންގުމަކާ ނުލައި ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.
ރާއްޖޭގެ ނަން މަޝްހޫރު ގިނަ ރިސޯޓުތަކެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ މި ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 12.5 މިލިއަން އަށް އަރަ އެވެ. އެއީ ވޯކް ޕާމިޓް ފީގެ ގޮތުގައި ދައްކަން ޖެހޭ 11 މިލިއަނާއި ކޯޓާ ފީގެ ގޮތުގައި ދައްކަން ޖެހޭ 1.4 މިލިއަން ރުފިޔާ އެވެ.
އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެ ކުންފުނިން ބުނީ ހުރިހާ މަސައްކަތެއް ނިމުމާ ގުޅިގެން މިދިޔަ އަހަރުގެ ތެރޭގައި ކުންފުނި އުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން މިނިސްޓްރީއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ސިސްޓަމެޓިކްކޮށް ދެެއްކޭނެ ޕްލޭނެއް އޮތް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ. އަދި, ލިސްޓުގައި ކުންފުނީގެ ނަން އޮތްކަން އެނގުނީ އިއްޔެ ލިސްޓު އާންމުކުރުމުން ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
ލިސްޓު ނެރުމާ އެކު އެއް ޕޭމަންޓެއްގެ ގޮތުގައި ފައިސާ ދެއްކުމަށް މިނިސްޓްރީގައި އެދުނު ނަމަވެސް އެކަން އެގޮތަށް ކުރެވެން ނެތް ކަން މިނިސްޓްރީން އަންގާފައިވާ ކަމަށް ވެސް އެޗްއާރުސީން ބުނެފައިވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ށޫޒަމް
8 months ago
ޖަނާއަކީ އަބަދުވެސް މުސާރަ ނުދީ ދައުލަތަށް ދައްޖަންޖެހޭ ފައިސާ ނުދައްކާ މީހެއް. 3 ބުރީގެ މާވެޔޮ މިސްކިތް އަޅަންވެސް 9 އަހަރު ހޭދަވި.
Comment