Advertisement

ކަލަފިއޯރީ އާސެނަލްއަށް ބަދަލުވުމުގެ މަގުމަތީގައި

22 ޖުލައި 2024 - 10:54 0


ކަލަފިއޯރީ އާސެނަލްއަށް ބަދަލުވުމުގެ މަގުމަތީގައި

22 ޖުލައި 2024 - 10:54 0

ލަންޑަން (22 ޖުލައި) - މި އަހަރުގެ ޔޫރޯގައި އިޓަލީގެ ޓީމުން ފާހަގަކުރެވުނު ބޮލޯންޔާގެ ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީ އާސެނަލް އަށް ބަދަލުުވުމުގެ ފަހު މަރުހަލާތައް މިހާރު ކުރިއަށްދާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

މި އަހަރުގެ ޔޫރޯގައި އިޓަލީއަށް ނާކާމިޔާބާ ކުރިމަތިލާންޖެހުނަސް، މުބާރާތުގައި އިޓަލީގެ ޓީމުން އެންމެ ފާހަގަކުރެވުނު ކުޅުންތެރިޔަކީ ކަލަފިއޯރީ އެވެ.

އުމުރުން ކަލަފިއޯރީ، 22، ގެންދަން ޕްރިމިއާ ލީގުގެ ކްލަބަކާއި ޔުވެންޓަސް އަދި ރެއާލް މެޑްރިޑް އިން މަސައްކަތްކުރި ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ. އެކަމަކު، ކަލަފިއޯރީގެ ޓްރާންސްފާ ފީއަަށް ބޮލޯންޔާ އިން ބޭނުންވި އަގު ދޭން އެއްބަސްވީ އާސެނަލް އިން އެކަނި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި އާސެނަލް އިން ކަލަފިއޯރީގެ ޓްރާންސްފާއަށް ބޮލޯންޔާއަށް 42.1 މިލިއަން ޕައުންޑް (48 މިލިއަން ޑޮލަރު) ވަނީ ހުށަހަޅައިފަ އެވެ. އަދި މިހާރު ދެ ކްލަބުގެ މެދުގައި ފަހު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އެކަމަކު، އަދި ކަލަފިއޯރީގެ ޓްރާންސްފާގެ ހުރިހާ ކަމެއް ނުނިމެއެވެ.

ސްވިޓްޒަލޭންޑްގެ ބާސެލް އިން ކަލަފިއޯރީ ބޮލޯންޔާ އަށް މިދިޔަ ސީޒަންގައި ބަދަލުވީ 3.4 މިލިއަން ޕައުންޑަށެވެ. އާސެނަލް އަށް ކަލަފިއޯރީ ބަދަލުވުމުން ލިބޭ ޓްރާންސްފާ ފީގެ 50 އިން ސައްތަ ލިބޭނީ ބާސެލްއަށެވެ.

ކަލަފިއޯރީ ސީނިއާ ކެރިއަރު ފެށީ ރޯމާ އިންނެވެ. ލޯނެެއްގެ ގޮތުގައި ޖެނޮއާ އަށް ކުޅުމަށް ފަހު، ކަލަފިއޯރީ ބާސެލް އަށް ބަދަލުވީ 2022 ވަނަ އަހަރެވެ.