Advertisement

ރަބިއޯ ޔުވެންޓަސް ދޫކޮށްލަން ނިންމައިފި، އޮފާތައް އެބަހުރި!

19 ޖުލައި 2024 - 05:49 0


ރަބިއޯ ޔުވެންޓަސް ދޫކޮށްލަން ނިންމައިފި، އޮފާތައް އެބަހުރި!

19 ޖުލައި 2024 - 05:49 0

ޓިއުރިން (ޖުލައި 19) - ފްރާންސްގެ މިޑްފީލްޑަރު، އޭޑްރިއަން ރަބިއޯ، އިޓަލީގެ ޔުވެންޓަސް ދޫކޮށްލަން ނިންމާފައިވާއިރު، އޭނާ އަށް އިނގިރޭސި އަދި ސްޕެއިންގެ ކްލަބްތަކުގެ އޮފާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފްރާންސްގެ ޗެމްޕިއަން، ޕީއެސްޖީ ދޫކޮށް 2019 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވި ރަބިއޯ، 29، އެ ޓީމަށް 212 މެޗު ކުޅެދީފައިވާއިރު، އޭނާގެ ކޮންޓްރެކްޓް އޮތީ މިދިޔަ ސީޒަނުގެ ނިޔަލަށެވެ. ޔުވެންޓަސްއާ އެކު، ރަބިއޯ ހަދާފައިވާ އެއްބަސްވުން އާ ނުުކުރާނެ ކަމަށް ބެލެވޭތީ، އެ ކްލަބުން ވަނީ އެސްޓަން ވިލާގެ ބްރެޒިލް މިޑްފީލްޑަރު، ޑަގްލަސް ލުއީޒްގެ ސޮއި ހޯދައިފަ އެވެ.

ޔުވެންޓަސްގެ ޓެކްނިކަލް ޑިރެކްޓަރު، ކްރިސްޓިއާނޯ ގިއުންޓޯލީ ވަނީ ރަބިއޯ އަށް ކްލަބުން ޝުކުރު އަދާކުރާ ކަމަށް ބުނެފަ އެވެ. އަދި ޔުވެންޓަސްގެ އާ ކޯޗު ތިއާގޯ މޮޓާ ބުނީ، ރަބިއޯ އަކީ ގާތް އެކުވެރިއެއް ކަމަށާއި އޭނާ އުފަލުގައި ހުންނަ ކޮންމެ ނިންމުމަކާ މެދު ހިތްހަމަޖެހޭނެ ކަމަށް ބުނެފަ އެވެ.

ރަބިއޯ ވަނީ ޔުވެންޓަސްއާ އެކު، އެއް ލީގު ތަށްޓާއި ދެ އިޓާލިއަން ކަޕް އަދި އެއް އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.

މި ފަަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސް އިން ކުޅުނު ފަސް މެޗުގައި ވެސް ފެނިގެންދިޔަ ރަބިއޯ އަންނަނީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާއި ވެެލެންސިއާގެ އިތުރުން އިންގްލެންޑްގެ ލިވަޕޫލް އަދި އާސެނަލާ މަޝްވަރާ ކުރަމުންނެވެ.