Advertisement

ރަށްރަށުން ކަރަންޓު ކެނޑެނީ ދަރަނި ބޮޑުވެ ފައިސާ ނެތިގެން: މުއާޒު

14 ޖުލައި 2024 - 17:58 0

އަހުމަދު އާއިދު

އ

Advertisement

ފެނަކަ އެމްޑީ މުއާޒު: އޭނާ ވިދާޅުވީ ރަށްރަށުން ކަރަންޓު ކެނޑެނީ ދަރަނި ބޮޑުވެ ފައިސާ ނެތިގެން ކަމަށް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ރަށްރަށުން ކަރަންޓު ކެނޑެނީ ދަރަނި ބޮޑުވެ ފައިސާ ނެތިގެން: މުއާޒު

14 ޖުލައި 2024 - 17:58 0

Advertisement

Advertisement

ރަށްރަށުން ކަރަންޓު ކެނޑި އެ ހިދުމަތަށް ބުރޫއަރަނީ ފެނަކަ ކޯޕަރޭޝަނުގެ ދަރަނި ބޮޑުވެ ފައިސާ ނެތިގެން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ ޕީއެންސީގެ ޖަގަހާގައި މިރޭ ބޭއްވި ޖަލްސާއެއްގައި މުއާޒު މިހެން ވިދާޅުވީ ފެނަކައިގެން ދަރަންޏާއި ގޯހުން ގޯހަށް ގޮސްފައިވާ މާލީ ހާލަތުގެ ވާހަކަތައް ތަކުރާރުކުރައްވާ ދެއްކެވި ވާހަކައިގަ އެވެ. މިދިޔަ ސަރުކާރުގައި އެ ކުންފުނީގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ ވާހަކަ އޭނާ ތަކުރާރުކޮށް ދެއްކެވި އެވެ.

Advertisement

"މިއަދު ދިވެހި ރައްޔިތުން އެތައް ތަކުލީފެއް އުފުލަމުން އެދަނީ، އައްޑޫ ސިޓީގަ މިހާރުވެސް ކޮންމެސް ހިސާބަކުން ކަރަންޓު ކެނޑިގެން އުޅެނީ، ރާއްޖޭގެ އާބާދީގެ އެންމެ ބޮޑު ހިސާބު، އަޅުގަނޑުމެންނަށް މިކަންތައް ނުކުރެވިގެން މިއުޅެނީ ފައިސާ ނެތިގެން،" މުއާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޮލަށް ކަނޑާލާފަ އޮތް ދަރަންޏަށް ފައިސާ ދެމުން، މިހާރު ކުރަންޖެހޭ އޮޕަރޭޝަންތަކަށް ފައިސާ އަޅުގަނޑުމެން ހޭދަ ކުރަންޖެހޭތީ،"

އަދި އެ ކުންފުނީގެ މާލީ ހާލަތު، މި ވެރިކަމަށް ހަތް މަސް ވީއިރުވެސް ރަނގަޅު ނުވެފައިވަނީ އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތަކާ ގުޅިގެން ކަމަށްވެސް މުއާޒު ވިދާޅުވި އެވެ. މި މައްސަލަތައް ބެލުން އަވަސްކުރުމަށް އޭސީސީއަށްވެސް މުއާޒު ގޮވާލެއްވި އެވެ.

Advertisement

މި ސަރުކާރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކަރަންޓުގެ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. ހާއްސަކޮށް ފުވައްމުލަކާއި އައްޑޫއަށް ކުރިމަތިވަމުންދާ ކަރަންޓުގެ މައްސަލަތައް ފާހަގަކޮށްލެވެ އެވެ.

އެ މައްސަލަަތައް ކުރިމަތިވަނީ ކުރީ ސަރުކާރުން ފެނަކަ ހިންގުމާއި ކުންފުނީ ތަކެތި ބެލެހެއްޓުމުގައި އިހުމާލުވުމުން ކަމަށް މި ސަރުކާރުގެ އެކި އޮފިޝަލުން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.