14 ޖުލައި 2024 - 12:06 0
އަހުމަދު އާއިދު
ހޯމް މިނިސްޓަރު އިހުސާން: އިޒްރޭލް ޕާސްޕޯޓު މަނާކުރަން އިސްލާހުކުރާ ގާނޫނުވެސް މިނިސްޓަރަށް ބުނެ ނުދެވުނު --- ފޮޓޯ: މަޖިލިސް އިދާރާ
14 ޖުލައި 2024 - 12:06 0
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރޭ ނުވެވޭނެ ގޮތަށް އެ ޕާސްޕޯޓު މަނާ ކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން މީގެ މަހެއް ކުރިން ވަޒީރުންގެ މަޖިލީހުން ނިންމި ނަމަވެސް އިސްލާހު ގެންނަނީ ކޮން ގާނޫނަކަށް ކަން ވިދާޅުވާން ހޯމް މިނިސްޓަރު އަލީ އިހުސާން އުޒުރުވެރިވެވަޑައިގެންފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވަޒީރުންގެ މަޖިލީހުގެ ނިންމުމާ އެއްގޮތަށް އިސްލާހުކުރަނީ ކޮން ގާނުނެއްކަން އޮޅުންފިލުވަން ނޫސްވެރިއަކު ސުވާލުކުރި އެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ އެއީ ބަންޑާރަނައިބުގެ އޮފީހުގެ މަސައްކަތެއް ކަމުން "ސީދާ ގާނޫނު ޖެހޭނީ ބަލައިލަން" ކަމަށެވެ.
އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން ކުރަން ނިންމާފައިވަނީ ގާނޫނަށް ބަދަލު ގެނެސްގެން ކަމަށްވެސް އިހުސާން ވިދާޅުވި އެވެ. މިނިސްޓަރު މިހެން ވިދާޅުވިއިރު، ގާނޫނަށް އިސްލާހު ގެންނަން ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުން، ޖޫން 2، ގައި އިއުލާނުކުރެއްވީވެސް އޭނާ އެވެ.
"އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރަން ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް މިއަދު ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފަ،" އިހުސާން އެދުވަހު ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ސަރުކާރުން ކީހާ ޅެން ފަރިއްސަށް!
އުޝާމްގެ ވާހަކަތަކަށް ފާޑުކީ ގިނަ މީހުން ދެކޭ ގޮތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމީ ސަރުކާރަށް އޮންނަ ތާއީދު އިތުރު ކުރުމަށް. އެ އަމަލަކީ ފަލަސްތީނުގައި އަނިޔާ ލިބެމުންދާ މީހުންގެ ނިކަމެތިކަމުގެ ފައިދާ ނެގުން ކަމަށް ވެސް ބައެއް މީހުން ސިފަކޮށްފައިވޭ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ސަރުކާރުން ކީހާ ޅެން ފަރިއްސަށް!
އުޝާމްގެ ވާހަކަތަކަށް ފާޑުކީ ގިނަ މީހުން ދެކޭ ގޮތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމީ ސަރުކާރަށް އޮންނަ ތާއީދު އިތުރު ކުރުމަށް. އެ އަމަލަކީ ފަލަސްތީނުގައި އަނިޔާ ލިބެމުންދާ މީހުންގެ ނިކަމެތިކަމުގެ ފައިދާ ނެގުން ކަމަށް ވެސް ބައެއް މީހުން ސިފަކޮށްފައިވޭ.
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާ ގުޅިގެން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމީ ތަކުރާރުކޮށް ރައްޔިތުންގެ އެތައް ބަޔަކު އެކަމަށް ގޮވާލަމުން ދަނިކޮށެވެ.
އެކަން ހާސިލްކުރެވޭ ގޮތަށް އިދިކޮޅު އެމްޑީޕީއިން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. ސަރުކާރުގެ މެންބަރުންގެ ވޯޓާއެކު ބަލައިގަތް އެ ބިލު މިހާރު އޮތީ 241 ކޮމިޓީގަ އެވެ. އެއަށްފަހު އެ ބިލުގެ އެއްވެސް މަސައްކަތެއް ނުކުރާތާ މިހާރު ވަނީ މަހެއް ވެފަ އެވެ.
ސަރުކާރުގެ ނިންމުމަށްފަހު، އިޒްރޭލު ޕާސްޕޯޓް އޮންނަ އެއްވެސް މީހަކަށް ރާއްޖެއަށް ދަތުރު ނުކުރެވޭ ގޮތަށް "ބްލޭންކެޓްކޮށް" ޕާސްޕޯޓް މަނާކުރުމަކީ ވިސްނައިލަން ޖެހޭ ކަމެއް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވަނީ ވިދާޅުވެފަ އެވެ. އެއާއެކު ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުވެސް ކިޔާފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment