14 ޖުލައި 2024 - 05:39 1
މޯލްޑިވްސް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކުރަނީ -- ފޮޓޯ: އިމިގްރޭޝަން
14 ޖުލައި 2024 - 05:39 1
މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަަނަކަށް ބިދޭސިއަކު ހުރަސް އަޅައި ވެހިކަލަކަށް ގެއްލުން ދީފި އެވެ.
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިމިގްރޭޝަނުގެ އޮޕަރޭޝަނަށް ހުރަސްއެޅި ބިދޭސީ މީހާ މިހާރު ހުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
"އަދި ވީ އެންމެ އަވަހަަކަށް [އެ މީހާ] އިމިގްރޭޝަން ގާނޫނުން ހަރުކަށި ފިޔަވަޅު އެޅުމަށް ފަހު ޑީޕޯޓްކުރެވޭނެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ ފަސްޖެހުމެއް ނެތި އަދި ބިރަކަށް ސިހުމެއް ނެތި ކުރިއަށް ދާނެ،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ޝަމްއާން ވިދާޅުވި އެވެ.
ސައްހަ ލިޔެކިއުންތައް ނެތް ބިދޭސީން ހޯދައި އޭގެ ތެރެއިން ގަވައިދާ ހިލާފު މީހުން ޑީޕޯޓު ކުރަން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މުޅި ރާއްޖޭގައި ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދާ އިރު ކޮންމެ ހަފުތާއަކު ވެސް ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދެ އެވެ.
އެގޮތުން މިދިޔަ ހަފުތާގައި ވެސް 100 އެއްހާ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސައިޚް
8 months ago
ތިފެންނަންފެށީ ތިއަ ވަގު ބަންގާޅިންގެ އަސްލުސިފަ، ދެން އަދި ތިވަރަކުން ނުނިމޭނެ، މަގުމަތި ހަލަބޮލިކޮއް ގަޔައްވެސް އަތްލާނެ، ބަލަންތިބޭ، ތިވަގު ބަންގާޅިން މަޑުންތިބީ އެމީހުންގެ މައްޗަށް ގާނޫނު ތަންފީޒު ނުކޮއް ބޭނުންގޮތަކަށް މިގައުމުގަ އުޅެވޭތީ،
Comment