Advertisement

ކެފޭއެއްގެ ބިލަށް ފައިސާ ނުދެއްކި ދެ މީހަކު ދޫނި ކޮށްޓެއްގައި ރަހީނުކޮށްފި

14 ޖުލައި 2024 - 05:37 0

އަހުމަދު އާއިދު

އ

Advertisement

ދޫނި ކޮށީގައި ރަހީނުކުރި ދެ މީހުން: އެ ދެމީހުން ރަހީނުކުރީ ބިލެއް ނުދެއްކި މައްސަލާގައި - ފޮޓޯ: ސޯޝަލް މީޑިއާ


ކެފޭއެއްގެ ބިލަށް ފައިސާ ނުދެއްކި ދެ މީހަކު ދޫނި ކޮށްޓެއްގައި ރަހީނުކޮށްފި

14 ޖުލައި 2024 - 05:37 0

Advertisement

Advertisement

ރެސްޓޯރެންޓަކުން ކެއުމަށްފަހު ބިލު ނުދެއްކި މައްސަލާގައި ދެ މީހަކު ދޫނި ކޮށްޓެއްގައި ރަހީނުކޮށްފި އެވެ.

އާޓިފިޝަލް ބީޗުގައި ހުރި ބޮޑު ދޫނި ކޮށްޓެއްގައި އެ ދެ މީހުން ބަންދުކޮށްފައި ތިބި ވީޑިއޯއެއް އިއްޔެ ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. އެ ކޮށީގައި އެ ދެމީހުން ތިބީ ހުސްގަޔާ އެވެ.

Advertisement

ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ އަދި ތަރުޖަމާނު އަހުމަދު ޝިފާން މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ދެ މީހަކު ކޮށްޓެއްގައި ބަންދު ކުރި މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށެވެ.

އެ ވީޑިއޯއިން ފެންނަނީ އާޓިފިޝަލް ބީޗު ކަމަށާއި އެ ދެ މީހުން އެ ތަނުގައި ބަންދުކުރީ ރެސްޓޯރަންޓަކުން ކެއުމަށްފަހު ބިލު ދައްކަން ދެކޮޅު ހެދުމުން ޖެހުނު މައްސަލައެއްގެ ތެރޭގައި ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

ނަމަވެސް އެ މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ. ދޫނި ކޮށީގައި އެ ދެ މީހުން ހައްޔަރު ކުރި މައްސަލައިގައި މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.