14 ޖުލައި 2024 - 11:29 0
އަހުމަދު ސައީދު
އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ހިންގާ މޯލްޑިވިއަން ގެ މަތިންދާބޯޓެއް: އެންމެ ގިނަ ފައިސާ އެމްއޭސީއެލް އަށް ނުލިބި އޮތީ އައިއޭއެސް އިން -- އަދަދު/ ފައިލް ފޮޓޯ
14 ޖުލައި 2024 - 11:29 0
އެއް ފަރާތަކުން ނުލިބި ގިނަ ދުވަސް ވެފައިވާ އެންމެ ބޮޑު އަދަދުގެ ގޮތުގައި 351 މިލިއަނަށް ވުރެ ގިނަ ރުފިޔާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއަލް) އަށް ދަރާފައިވާ ކަމަށް، އެމްއޭސީއެލްގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހު އޮޑިޓާ ޖެނެެރަލް އޮފީހުން އާންމު ކުރި، އެމްއޭސީއެލް ގެ އޮޑިޓްގައި ބުނެފައިވާ ގޮތުގައި 776 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކުން އެ ކުންފުންޏަށް ނުލިބިވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ފާއިތުވެފަ އެވެ.
އޭގެ ތެރެއިން 235 މިލިއަން ރުފިޔާ އަކީ ނުލިބޭތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ފައިސާ އަށްވާއިރު، 43 މިލިއަން ރުފިޔާ އަކީ ނުލިބޭތާ ހަތް އަހަރު ވެފައިވާ ފައިސާ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ނުލިބި ގިނަ ދުވަސްވެފައިވާ ފައިސާގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ނުލިބި ވަނީ ފަސް ކުންފުންޏަކުންނެވެ. އަދި ނުލިބި ގިނަ ދުވަސްވަފައިވާ ފައިސާގެ 45 ޕަސެންޓަކީ ގައުމީ އެއާލައިން ހިންގާ ކުންފުނިން ނުލިބިވާ އަދަދެވެ.
އެމްއޭސީއެލް އަށް ނުލިބި ގިނަ ދުވަސްވެފައިވާ ފައިސާގެ ތަފްސީލު
މީގެ ތެރެއިން އައިއޭއެސް އިން ނުލިބިވާ ފައިސާ އަކީ 2016 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ އެޕްރީލް 17 ވަނަ ދުވަހުގެ ނިޔަލަށް ނުލިބި ގިނަ ދުވަސް ވެފައިވާ ފައިސާގެ އަދަދެވެ. އެ އަހަރުތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ނުލިބި އޮތީ 2021 ވަނަ އަހަރުގެ ދަރަނިންނެވެ. އެއީ 249 މިލިއަން ރުފިޔާ އެވެ.
އެމްއޭސީއެލްގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ނުލިބި ގިނަދުވަސް ވެފައިވާ ފައިސާގެ ތެރެއިން 52 ޕަސެންޓަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަންޏެވެ.
އެހެންކަމުން މީގެން ދައްކައިދެނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގެ ހަރަދުގެ ބައެއް ހަމަޖައްސަނީ އެމްއޭސީއެލްގެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެމްއޭސީއެލް އިން ދަރަންޏަށް ހިދުމަތް ދިނުމާއި ދަރަނީގެ ގޮތުގައި ހުރި ފައިސާ ހޯދުން ހަރުދަނާ ކުރުމަށް އޮޑިޓް ރިޕޯޓުގައި ލާފާދީފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment