1 ޖުލައި 2024 - 04:41 1
ސާއިފް ޝިޔާދު
ގަވަރުނަރު އަލީ ހާޝިމް -- ފޮޓޯ: ރައީސް އޮފީސް
1 ޖުލައި 2024 - 04:41 1
ރާއްޖޭގެ މަރުކަޒީ ބޭންކު, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް, އޭނާގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ނުގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސް ކުރައްވަމުން ދިއްގަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު މި ވޭތުވި ހަތް މަސް ދުވަހުގެ ތެރޭގައި މަޖިލީހަށާއި ސަރުކާރަށް ވެސް އެއްވެސް ލަފައެއް ގަވަރުނަރު އަރުވާފައި ނުވާ ކަމަށެވެ.
"މަނިޓަރީ ޕޮލިސީއަކީ މަރުކަޒީ ބޭންކުގެ ގަވަރުނަރާ ހަވާލުކޮށްފައިވާ ޒިންމާއެއް. އަޅުގަނޑުމެންނަށް ފެންނަމުން ނުދޭ ގަވަރުނަރު އެ މަސްއޫލިއްޔަތު އަދާކުރައްވާތީއެއް," ނާޒިމް ވިދާޅުވި އެވެ.
ނާޒިމްގެ މި ވާހަކަތައް ކުރިއަށްގެންދަވަނިކޮށް އޭނާއަށް ލިބިފައިވާ ވަގުތު ހަމަވުމާ ގުޅިގެން މެދުކަނޑާލެއްވި އެވެ. އޭގެ ކުރިން ނާޒިމް ފާހަގަކުރެއްވީ ކައުންސިލްތަކުން ލިބިފައިވާ ބާރުގެ ބޭނުން ކުރުމުގައި މާލީ ޒިންމާދާރުކަމެއް ނެތް ވާހަކަ އެވެ.
އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ ސެޕްޓެމްބަރު 8, 2019 ގަ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޒަމީރު
9 months ago
މިއީ ވަކި ސިޔާސީ ފިކުރެއްގައި ހުންނަވާ ބޭފުޅެއް. މިނެއް ނެތި ފައިސާ ޗާޕުކޮށް ގައުމު މިހާލަތަށް ދުއްވާލި އިރު މާ ބޮޑު ކަމެއް ކުރާތަން ނުފެނުނު. ވަރަށް ދެރަ.
Comment