Advertisement

ކުރެންދޫ މެންބަރު ޝާމިން އިގްތިސާދީ ކޮމިޓީއަށް، ކާށިދޫ މެންބަރު މުމްތަސިމް 241 އަށް

1 ޖުލައި 2024 - 09:23 0


ކުރެންދޫ މެންބަރު ޝާމިން އިގްތިސާދީ ކޮމިޓީއަށް، ކާށިދޫ މެންބަރު މުމްތަސިމް 241 އަށް

1 ޖުލައި 2024 - 09:23 0

ވެރިކަން ހިންގާ ޕީއެންސީ އިން އެދިގެން ކުރެންދޫ މެންބަރު މުހައްމަދު ޝާމިން ހަބީބް ސަލާމަތާ ބެހޭ ކޮމިޓީއިން އިގްތިސާދީ ކޮމިޓީއަށް އަދި ކާށިދޫ ދާއިރާގެ މެންބަރު މުމްތަސިމް އިބްރާހިމް އިގްތިސާދީ ކޮމިޓީއިން ސަލާމަތާ ބެހޭ ކޮމިޓީއަށް ބަދަލުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުން އެ ބަދަލު އިގްތިސާދީ ކޮމިޓީއަށް އަދި ސަލާމަތާ ބެހޭ ކޮމިޓީއަށް ގެނެސްފައިވާކަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާނު ކުރައްވައިފަ އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ އެ ބަދަލު ގެނައީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 131 ވަނަ މާއްދާގެ ށ. ގެ ދަށުން ކަމަށެވެ. ގަވާއިދުގެ އެ މާއްދާގައި ބުނެފައި ވަނީ ސިޔާސީ ޕާޓީއަކުން ކޮމިޓީއަކަށް ބަދަލެއް ގެންނަން ބޭނުންވާ ނަމަ އެކަން ސިޓީއަކުން އަންގަންވާނެ ކަމަށެވެ.

މަޖިލީހަށް ސިޓީ ލިބުމުން، ބަދަލު ކުރާ މެންބަރުގެ އިއުތިރާޒެއް ނެތް ކަމަށް ޕީޖީ ގްރޫޕުގެ ލީޑަރުން ޔަގީން ކުރުމަށްފަހު މަޖިލީހުގެ ރައީސް އަން އަންގަންވާނެ ކަމަށެވެ. އެގޮތަށް އެންގުމުން، އެ ބަދަލު ކޮމިޓީއަކަށް އައީ ކަމަށް ބަލަންވާނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތީ ޕީއެންސީގަ އެވެ. އެހެންކަމުން މަޖިލީހުގެ ހުރިހާ ކޮމިޓީއެއްގައި ވެސް އޮތީ ޕީއެންސީގެ މެޖޯރިޓީ އެވެ.