Advertisement

އުލްޔާ އާއި މެރާލް ގައުމީ ރެކޯޑްތަކެއް އާކޮށްފި

29 ޖޫން 2024 - 18:31 0


އުލްޔާ އާއި މެރާލް ގައުމީ ރެކޯޑްތަކެއް އާކޮށްފި

29 ޖޫން 2024 - 18:31 0

އަންހެނުންގެ ޝޯޓްކޯސް 100 މީޓަރު ބަޓަފްލައި އާއި 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މެރާލް އައިން ލަތީފް އާކުރިއިރު, އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު އަދި ބަޓަފްލައި އާއި 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އުލްޔާ ޝާއިގު އާކޮށްފި އެވެ.

މެރާލް އާއި އުލްޔާ އަކީ މި ފަހަރު ޕެރިހުގައި ކުރިއަށްދިޔަ އޮލިމްޕިކްސްގެ ޖާގަ އަށް ވާދަކުރި ދެ އަންހެން އެތުލީޓުންނެވެ.

މެރާލް، ގައުމީ ރެކޯޑް އާކުރީ އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ރަޝްމޫ ރޯޔަލްސް ސަމާ ޝޯޓްކޯސް އޯޕަން މީޓް 2024 ގައި ވާދަކޮށެވެ.

ސަތޭކަ މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑް، މެރާލް އާކުރީ 01:13.94 އިން ރޭސް ނިންމައިގެންނެވެ. މި ރެކޯޑް ކުރިންވެސް އޮންނަނީ މެރާލް އަތުގަ އެވެ. އެއީ 2023 ވަނަ އަހަރު ބޭއްވުނު ޓައުޓަން ޑީން, މިލްފީލްޑް އެންޑް ސްޓްރީޓް ކައުންޓީ ކޮލިފައިންގައި ވާދަކޮށް 01:14.76 ރޭސް ނިންމައިގެންނެވެ.

މީގެ އިތުރުން، މެރާލް ވަނީ 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް ވެސް އާކޮށްފަ އެވެ. މި ރެކޯޑް މެރާލް އާކުރީ 02:45.14 އިން ރޭސް ނިންމައިގެންނެވެ. މީގެ ކުރިން މި ރެކޯޑް މެރާލް ހެދީ 02:48.74 އިން ރޭސް ނިންމައިގެންނެވެ.

އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުން ގައުމީ ރެކޯޑް އުލްޔާ އާކުރީ އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ ބްރޭކާސް ބިގް ސްޕްލޭޝް ޖޫން 2024 ގައި ވާދަކޮށެވެ. އޭނާ މި އިވެންޓުގެ ގައުމީ ރެކޯޑް އާކުރީ 00:31.76 އިން ރޭސް ނިންމައިގެންނެވެ.

ފަންސާސް މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑް ކުރިން އޮތީ މެރާލް އަތުގަ އެވެ. މެރާލް، ގައުމީ ރެކޯޑް ހެދީ 00:32.56 އިން ރޭސް ނިންމައިގެންނެވެ.

މީގެ އިތުރުން އުލްޔާ ވަނީ 2016 ވަނަ އަހަރު ބޭއްވުނު 13 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕުގައި އާމިނަތު ޝަޖަން ހެދި 50 މީޓަރު ފްރީ ސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް މުގުރާލާފަ އެވެ. އުލްޔާ މި އިވެންޓުގެ ގައުމީ ރެކޯޑް ހެދީ 00:28.81 އިން ރޭސް ނިންމައިގެންނެވެ. މީގެ ކުރިން މި ރެކޯޑް ޝަޖަން ހެދީ 00:29.81 އިން ރޭސް ނިންމައިގެންނެވެ.