Advertisement

ފުވައްމުލަކު ގައި ކުރިއަށްދާ ޑްރަގް އޮޕަރޭޝަންގައި ފުލުހުންނަށް ހުރަސްއެޅި ބަޔަކު ހައްޔަރުކޮށްފި

28 ޖޫން 2024 - 11:15 0

ނިމާ ހަސަން

ނިމާ ހަސަން

ފުވައްމުލައް މަތިން ނަގާފައިވާ ފޮޓޯއެއް - މިރާޝް/ އަދަދު


ފުވައްމުލަކު ގައި ކުރިއަށްދާ ޑްރަގް އޮޕަރޭޝަންގައި ފުލުހުންނަށް ހުރަސްއެޅި ބަޔަކު ހައްޔަރުކޮށްފި

28 ޖޫން 2024 - 11:15 0

"ވެށި ރައްކަލް"ގެ ނަމުގައި ފުވައްމުލައް ސިޓީގައި ފުލުހުން ކުރިއަށް ގެންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުންނަށް ހުރަސްއަޅައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެެވެ.

ފުލުހުން ބުނީ ފުވައްމުލަކުގައި މަސްތުވާތަކެތީގެ ތުހުމަތުގައި މި މަހު 25 ވަނަ ދުވަހުގެ ރޭ ބަޔަކު ހައްޔަރުކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އަދި ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ މާރާމާރީ ހިންގަން އުޅުނު ބަޔަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުވައްމުލަކުގައި އެ އޮޕަރޭޝަން ފެށީ މެއި 1, ގައި ކަމަށާއި, އެ އޮޕަރޭޝަނުގައި، އެ ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި، ވިޔަފާރިކުރާ މީހުން ހޯދައި ރަށުގެ އެކި ސަރަހައްދުތަކާއި ގޭބިސީތައް ބަލައިފާސްކުރަމުން ގެންދާ ކަމަށް ވެސް ބުންޏެވެ.

އެ އޮޕަރޭޝަނުގައި މިހާތަނަށް 14 މީހުން ހައްޔަރުކޮށްފައިވާއިރު, 760.45 ގްރާމުގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ. އަދި މި މައްސަލަތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައިތިބީ ފަސް މީހުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ އޮޕަރޭޝަނާ ގުޅިގެން މީހުން ހައްޔަރުކޮށް, އަނިޔާ ކުރަމުންދާ ކަމަށް ބުނެ ފުވައްމުލަކުގެ ޒުވާނުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ހައްޔަރު ކުރި މީހުންނަށް އަނިޔާ ނުކޮށް ދޫކޮށްލުމާށް ގޮވާލާ މުޒާހަރާ ކޮށްފަ އެވެ.