Advertisement

ކުށްވެރިންނަށް މަސްތުވާތަކެއްޗާއި ފޯނު ފޯރުކޮށްދޭ ކަރެކްޝަންސް އޮފިސަރުންގެ ނެޓްވޯކެއް!

27 ޖޫން 2024 - 16:09 1

އަމަން ހަލީމް

އ

Advertisement

މާފުށީ ޖަލުގައި ކަރެކްޝަންސް އޮފިސަރުންތަކެއް ހަރަކާތްތެރިވަނީ: މި މައްސަލައިގައި ތުހުމަތުކުރެވޭ އޮފިސަރުންގެ އެކައުންޓުތަކުގައި 70 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި --- ފޓޯ


ކުށްވެރިންނަށް މަސްތުވާތަކެއްޗާއި ފޯނު ފޯރުކޮށްދޭ ކަރެކްޝަންސް އޮފިސަރުންގެ ނެޓްވޯކެއް!

27 ޖޫން 2024 - 16:09 1

Advertisement

Advertisement

ކުށްވެރިންނަށް ފޯނާއި މަސްތުވާތަކެއްޗާއި އެހެނިހެން ސާމާނު ފޯރުކޮށްދެމުން ދިޔަ ކަމުގެ ތުހުމަތު ކުރެވޭ ކަރެކްޝަންސް އޮފިސަރުންތަކެއް ހައްޔަރުކުރަން ބޮޑު އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ފުލުހުން ދާދި ދެންމެއަކު ހާމަކޮށްފި އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ބައިވެރިވެވަޑައިގެންނެވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނި ގޮތުގައި:

Advertisement

  • މައްސަލައިގައި ހިމެނެނީ 18 ކަރެކްޝަންސް އޮފިސަރުން
  • މިދިޔަ އަހަރު އެކަނި 73.3 މިލިއަން ރުފިޔާ ޖަމާކޮށްފައިވޭ
  • އެއް އޮފިސަރުގެ އެކައުންޓެއް އަހަރެއްގެ ތެރޭގައި 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވޭ

މާފުށީ ޖަލުގައި ކުރިއަށްދާ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ބުނީ މިހާރު ކުރިއަށްދާ އޮޕަރޭޝަނުގައި ބައެއް ކަރެކްޝަންސް އޮފިސަރުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އޮޕަރޭޝަން ކުރިއަށްދާ ގޮތުގެ ތަފުސީލުތައް ދެމުން ދާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ފޯރުކޮށްދިނުމުގައި ކަރެކްޝަންސް އޮފިސަރުންތަކެއް ބައިވެރިވާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

Advertisement

ފުލުހުން ހޯދި ހޯދުމުގައި މިކަމުގައި ޝާމިލުވާ މީހުންގެ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ކަން ފާހަގަކުރެވުނެވެ. އެގޮތުން މި މައްސަލައިގައި ތުހުމަތުކުރެވޭ 18 ކަރެކްޝަންސް އޮފިސަރުންގެ އެކައުންޓުތަކުގައި މިދިޔަ އަހަރު އެކަނި 73.3 މިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި ފައިސާ ޖަމާކޮށްފައި ހުރީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނާއި ޖަލުގައި ހުކުމް ތަންފީޒުކޮށްފައިވާ މީހުންނާއި، ކުށުގެ ވެށީގައި އުޅޭ ކަމަށް ފުލުހުންނަށް ފާހަގަކުރެވިފައިވާ މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަނާ ގުޅޭ ގޮތުން މިނިސްޓަރު އިހުސާން ވިދާޅުވީ، މި މައްސަލައިގެ ތެރެއިން ކަރެކްޝަންސް އޮފިސަރުންނަށް ރިޝްވަތު ދިން މީހުންގެ މައްސަލަތައް ވެސް ބަލައި ގާނޫނު ތަންފީޒުކުރާނެ ކަމަށެވެ.

Advertisement

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ސަެިބޯނި ބޮކި

9 months ago

ޢަޑު އަހާމީހުންނަށް ހަބަރު އަޑު އަހާފަ ހާދަ ރަނގަޅު ކަމެކޭ ތިޔަފެއްޓެވީ ބުނެލާތޯ އަރުވާލާ އަޑއެއް ހަމަތިއީ. ތިޔަ އޮޕަރޭޝަން ނިންމާނީ ތިޔައޮން ބައެއް ފުލުހުންނަށް ވެސްއެޅި ކޯޓާހަމައަށް ދާއިރު ހޯދާފައިވާ ހެއްކަކީ ބާތިލް ހެއްކަށްވެގެން ގިނަ ފުލުހުންނަކީ މިގައުމުގަ ގަވައިދާހިލާފު އުޅޭ ބޭރު މީހުންލައްވާ މަންފާހޯދާ އަދި ޓެކްސީ ދުއްވުމުގަ އަވަދިނެތި އުޅޭ މީހުން އެހެންވީމަ ފޮނުއަރިއްވަން ެުޅުއްވުމަށް ވުރެ އިޙްލާސްތެރި މަސައްކަތެއް ކުރައްވާ