Advertisement

މޮންޒާގެ ކޯޗަކަށް ނެސްޓާ

13 ޖޫން 2024 - 14:09 0


މޮންޒާގެ ކޯޗަކަށް ނެސްޓާ

13 ޖޫން 2024 - 14:09 0

ރޯމް (ޖޫން 13) - އިޓާލިއަން ލީގުގެ ކްލަބް، މޮންޒާގެ އާ ކޯޗަކަށް އިޓަލީގެ ގައުމީ ޓީމާއި އޭސީ މިލާންގެ ކުރީގެ ޑިފެންޑަރު އަލަސަންދުރޯ ނެސްޓާ ހަމަޖައްސައިފި އެވެ.

ނެސްޓާ، 48، ވަނީ އިޓާލީގެ ގައުމީ ޓީމާ އެކު 2006 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި ކްލަބު ކެރިއަރުގައި އޭސީ މިލާނާއި ލާޒިއޯ އަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދައިިފަ އެވެ.

އެކަމަކު ނެސްޓާގެ ކޯޗިން ކެރިއަރު އަދި ފެންނަނީ ވަރަށް އާދައިގެ ގޮތަކަށެވެ.

މޮންޒާގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ނެސްޓާ ވަނީ ޕެރޫޖިއާ، ފްރޮސިނޯން އަދި ރެޖިއާނާ އަށް ކޯޗުކޮށްދީފަ އެވެ. މިއީ، އިޓާލިއަން ލީގުގެ ޓީމެއްގެ ކޯޗުކަމާ ނެސްޓާ ހަވާލުވި ފުރަތަމަ ފަހަރެވެ.

ނެސްޓާ މިދިޔަ ސީޒަންގައި ކޯޗުކޮށްދިނީ ދެ ވަނަ ޑިވިޝަންގެ ރެޖިއާނާ އަށެވެ. އެ ޓީމުން ލީގުގެ 11 ވަނަ ހޯދިއެވެ. މޮންޒާގެ ކޯޗުކަމާ ނެސްޓާ ހަވާލުވީ ރެޖިއާނާގެ ކޮންޓުރެކްޓްއާ ގުޅިގެން ޖެހުނު މައްސަލަތައް ހައްލުކުރުމަށްފަހު އެވެ.

މޮންޒާ އިން ނެސްޓާ ކޯޗަކަށް މި ހަމަޖެއްސީ މިދިޔަ ސީޒަނަށް ފަހު އެ ޓީމުގެ ކޯޗުކަމުން ރަފައެލް ޕަލާޑީނޯ ވަކިވުމުންނެވެ.