Advertisement

މޮރީނިއޯ ބުނަނީ އިޓަލީ އަށް ތަށި ދިފާއުނުކުރެވޭނެ ކަމަށް

12 ޖޫން 2024 - 09:06 0


މޮރީނިއޯ ބުނަނީ އިޓަލީ އަށް ތަށި ދިފާއުނުކުރެވޭނެ ކަމަށް

12 ޖޫން 2024 - 09:06 0

ލަންޑަން (ޖޫން 12) - އަންނަ ހުކުރު ދުވަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ދިފާއުކުރެވޭނެ ފެންވަރު އިޓަލީ ޓީމުގައި ނެތް ކަމަށް މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ކުރިން އިޓަލީގެ އިންޓަ މިލާނާއި ރޯމާގައި ކޯޗިން މަސައްކަތްކުރި މޮރީނިއޯ ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރެވޭނެ ފެންވަރު ހުރި ޓީމުތަކެއްގެ ނަންތައް ފާހަގަކޮށް، އެ ލިސްޓުގައި އިޓަލީ ނެތް ސަބަބު ވެސް ކިޔައިދީފަ އެވެ.

"ފްރާންސް އާއި ޖަރުމަނު އަބަދުވެސް ވަރުގަދަކޮށް ފެންނަނީ، ދެން، އިންގްލެންޑާއި ޕޯޗުގަލް އެ އޮތީ ކުރިއަށް ވުރެ ވެސް ވަރުގަދަކޮށް، ދެން، ހަގީގަތުގައި އަހަރެންގެ ނަޒަރުގައި ވަރަށް ބޮޑު ހައިރާން ކަމެއް އެއީ އިޓަލީ ނޫނީ ބެލްޖިއަމް އަށް ކާމިޔާބުވެއްޖިއްޔާ،" ޔޫރޯއާ ބެހޭގޮތުން ގޯލް އަށް ދިން އިންޓަވިއުގައި މޮރީނިއޯ ބުންޏެވެ.

"އިޓަލީ އާއި ސްޕެއިން އަށް ހަގީގަތުގައި ތަށި ހޯދުމުގެ ފުރުސަތާ ބެހޭގޮތުން އަހަރެން ވާހަކަ ދައްކަން އެހާ ޝައުގުވެރިނުވަނީ މުޅި ސްކޮޑަށް ބަލާއިރު އެ ތަފާތު ނުފެންނާތީ،"

ދާދި ފަހުން ތުރުކީގެ ފެނަބާޗޭއާ އެކު، ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ހަވާލުވި މޮރީނިއޯ، އެ ކްލަބާ އެކު ހެދި އެއްބަސްވުމުގައި ހާއްސަ މާއްދާއެއް ހިމަނާފައިވާ ކަމަށް މީޑިއާގައި ވަނީ ރިޕޯޓްކޮށްފަ އެވެ. އެއީ، ޕޯޗުގަލްގެ ކޯޗުގެ މަގާމު ލިބިއްޖެނަމަ، 2026 ވޯލްޑް ކަޕަށް އެ ޓީމު ތައްޔާރުކުރަން ހަވާލުވުމަށެވެ.

ގޯލް އަށް ދިން އިންޓަވިއުގައި ވެސް މޮރީނިއޯ ވަނީ މިހާރު އޮތް ޕޯޗުގަލްގެ ޓީމާ އެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.