Advertisement

ހައްޖުވެރިން ފުރުމުގެ ކަންކަން ފަސޭހަކުރަން ހުޅުލޭ ދެ މިސްކިތުގައި ހުކުރު އަވަސްކޮށްފި

7 ޖޫން 2024 - 11:10 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މިދިޔަ ހުކުރު ދުވަހު ފުރި ހައްޖާޖީން ހުކުރު ނަމާދަށް ތައްޔާރުވަނީ: ހައްޖުވެރިން ފުރުމެގެ ކަންކަން ފަސޭހަކޮށްދޭން ހުޅުލޭ ދެ މިސްކިތުގައި ހުކުރު އަވަސްކޮށްފި - ފޮޓޯ: އިސްލާމިކް މިނިސްޓްރީ


ހައްޖުވެރިން ފުރުމުގެ ކަންކަން ފަސޭހަކުރަން ހުޅުލޭ ދެ މިސްކިތުގައި ހުކުރު އަވަސްކޮށްފި

7 ޖޫން 2024 - 11:10 0

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މި އަހަރު ރާއްޖެއިން ދާ ހައްޖުވެރިންގެ ފުރުމުގެ ކަންކަން ފަސޭހަކޮށްދިނުމުގެ ގޮތުން ، ހުޅުލޭގައި ހުންނަ ދެ މިސްކިތުގައި މިއަދުގެ ހުކުރު ނަމާދު ކުރާ ވަގުތު އަވަސްކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެ ކުންފުނީގެ މުވައްޒަފުންނަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުލޭގައި މިއަދު ހުކުރު ކުރާނީ 12:15 ގައި ކަމަށެވެ.

"ހުކުރު ނަމާދު މަސްޖިދުލް ސަބީލް އަދި މަސްޖިދުލް އިންތިސާރު ގައި ފެށުމަށް ހަމަޖެހިފައިވަނީ 12:15 ގައިކަން މައުލޫމާތަށްޓަކައި ދަންނަވަން،" އެމްއޭސީއެލްގެ އެޗްއާރުން ފޮނުވި މެސެޖުގައި ބުނެފައި އޮތެވެ.

މިއަދު ފުރާނީ މިއަހަރު ރާއްޖެއިން ހައްޖަށް ފުރާ އެންމެ ފަހު ގްރޫޕުގެ ހައްޖާޖީންނެވެ. ރާއްޖެއިން ޖިއްދާއަށް ސައުދިއާގެ މަތިންދާބޯޓު ފުރަން ޝެޑިއުލްކޮށްފައި އޮތީ މިއަދު މެންދުރު 1:55 ގަ އެވެ.

އެ މަތިންދާބޯޓުން 316 ހައްޖުވެރިންނާއި 23 އެހީތެރިން ފުރާނެ އެވެ. މީގެ ކުރިން މެއި 31 ގައި 272 ހައްޖުވެރިންނާއި 26 އެހީތެރިން އަދި އޭގެ އިތުރަށް ޖޫން ތިނެއްގައި 330 ހައްޖުވެރިންނާއި 23 އެހީތެރިން ވަނީ ފުރާފަ އެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނުންނެވެ. އިސްލާމިކް މިނިސްޓްރީ ބުނެފައިވާ ގޮތުގައި އެހީތެރިން ފިޔަވާ މި އަހަރު ރާއްޖެއިން 980 މީހަކު ހައްޖަށް ދާނެ އެވެ. ސައުދީއިން ރާއްޖެއަށް ދޫކުރާ ހައްޖު ކޯޓާގެ އަދަދަކީ 1000 އެވެ.

މިދިޔަ ހުކުރު ދުވަހުވެސް ހައްޖާޖީން ހުކުރު ފުރުމުގެ ކުރިން ހުކުރު ކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. ހައްޖުވެރިންނާއެކު އެ ދުވަހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ހުކުރު ކުރައްވައި ހައްޖުވެރިންނާ ބައްދަލުކުރެއްވި އެވެ.