Advertisement

ހަގީގީ ހާދިސާއަކަށް އުފައްދާފައިވާ ފިލްމު "ކަމަނަ" އޯގަސްޓު މަހު ރިލީޒްކުރަނީ

ކަމަނަ ފިލްމުގެ ޕްރޮމޯޝަނަލް ޕޯސްޓަރު --


ހަގީގީ ހާދިސާއަކަށް އުފައްދާފައިވާ ފިލްމު "ކަމަނަ" އޯގަސްޓު މަހު ރިލީޒްކުރަނީ

ކިޑް ޕްރޮޑަކްޝަން އާއި ސެޓާން ސްޓޫޑިއޯއިން ގެނެސްދޭ ފިލްމް "ކަމަނަ" ލޯންޗުކޮށް، އޯގަސްޓު 27، ގައި ރިލީޒްކުރާނެކަން އިއްޔެ އިއުލާންކޮށްފި އެވެ.

އޮލިމްޕަސް ސިނަމާގައި ބޭއްވި ރަސްމިއްޔާތެއްގައި ފިލްމުގެ ޓައިޓަލް ވަނީ ދައްކާލާފަ އެވެ.

ފިލްމުގެ ޕްރޮޑިސަރުންނަކީ ކާމިޔާބު ފިލްމު "ލޯބިވެވިއްޖެ" ގެ ޕްރޮޑިއުސާ ޝާނިޒް އަލީ އަދި ހުސެން މުނައްވަރު އެވެ. އަދި ރިޝްފާ އަބްދުލްސަމަދުގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރު އެވެ.

މި ފިލްމް ފެށެނީ ހއ. މޮޅަދޫގައި ވަރަށް ލޯބިން ދިރިއުޅެމުންދާ ދެމަފިރިން ކަމަށްވާ ރިމްޝާއާއި ހައިދަރުގެ ދިރިއުޅުމަށް އިތުރު އުފާވެރިކަމެއް ލިބި، ރިމްޝާއަށް ދަރިޔަކު ލިބެން އުޅޭކަން އެނގޭ ހިސާބުންނެވެ.

ނަމަވެސް މި އުފާވެރިކަމަށް ހީވެސް ނުކުރާވަރު ކަޅު ބޯ ވިލާގަނޑެއްގެ ހިޔަނިއެޅި ރިމްޝާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދެ އެވެ. އަދި

މި ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކީ ރިމްޝާގެ ރޯލަށް މަރިޔަމް އައްޒަގެ ހަށިގަނޑަށް ގެންނަންޖެހުނު ބަދަލެވެ. އަދި މިއީ އައްޒަގެ ފިލްމީ ކެރިއަރުގައި އޭނާ ފެނިފައި ނުވާފަދަ ރޯލެކެވެ.

ފިލްގައި ހައިދަރުގެ ބައި ޔޫސުފް ޝަފީއު (ޔޫއްޕެ) އަދާކުރާއިރު، މިއީ މިފަދަ ބޮޑު ރޯލަކުން އައްޒައާއި ޔޫއްޕެ އެކުގައި ފެންނަ ފުރަތަމަ ފަހަރެވެ.

ފިލްމުގައި އާމިނަތު ރަޝްފާ (އާޝާ)، މުހައްމަދު ރަޝީދު (ދަރާ)، މުހައްމަދު މަނިކު އަދި އައިޝަތު ނަތާޝާ ޖަލީލް (ނަތާ) ގެ މުހިންމު ރޯލުތައް ވެސް ފެނިގެންދެ އެވެ.

މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ތިންވަނަ ފިލްމެވެ. އަދި މުނައްވަރު ވަނީ މީގެކުރިން ސަޒާ އަދި ދިލަކަނި ޑައިރެކްޓްކޮށްފަ އެވެ.