Advertisement

ފަސް އަހަރަށް ފަހު ޕިއޯލީ މިލާންގެ ކޯޗުކަމާ ދުރަށް

24 މޭ 2024 - 19:09 0


ފަސް އަހަރަށް ފަހު ޕިއޯލީ މިލާންގެ ކޯޗުކަމާ ދުރަށް

24 މޭ 2024 - 19:09 0

މިލާން (މެއި 24) - ފަސް އަހަރަށް ފަހު އޭސީ މިލާންގެ ކޯޗުކަމުން ސްޓެފާނޯ ޕިއޯލޯ ވަކިވެއްޖެ އެވެ.

ޕިއޯލީ ،58، މިލާންގެ ކޯޗުކަމުން ވަކިވިއިރު، މިއީ މިލާނަށް ނާކާމިޔާބު ސީޒަނެކެވެ. މި ސީޒަންގެ އިޓާލިއަން ލީގު އެ ޓީމު ނިންމާލާނީ ދެ ވަނައިގަ އެވެ. އަދި ޗެމްޕިއަންސް ލީގާއި އިޓާލިއަން ކަޕްގައިވެސް އެ ޓީމަށް ކުރިމަތިވީ ނާކާމިޔާބެވެ.

"ފާއިތުވި ފަސް އަހަރު މިލާނަށް ޕިއޯލީ އާއި އޭނާގެ ކޯޗިން ޓީމުން ކޮށްދިން ހިދުމަތަށް މި ކްލަބުން ޝުކުރު އަދާކުރަން،" މިލާން އިން ނެރުނު ބަޔާނެއްގައި ބުނެފައިވެެ އެވެ.

"ޕިއޯލީގެ އިރުޝާދުގެ ދަށުން މި ކްލަބުން ލީގު ޗެމްޕިއަންކަން ހޯދި އަދި ޔޫރަޕްގެ މުބާރާތްތަކުގައި މިލާނަށް ފުރުސަތު ހޯދައިދިން."

ޕިއޯލީގެ އިރުޝާދުގެ ދަށުން 2022 ވަނަ އަހަރު މިލާން އިން، އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، މިއީ 10 އަހަރުގެ ތެރޭގައި މިލާން އިން ލީގު ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުން މިލާން ކެޓީ ގުރޫޕް ސްޓޭޖުންނެވެ. އަދި އިޓާލިއަން ކަޕްގެ ކުއާޓާ ފައިނަލުން ވަނީ ކަޓައިފައެވެ

ލީގުގެ ފަހު މެޗުގައި ހޮނިހިރު ދުވަހު މިލާން ނުކުންނާނީ ސަލޭނިޓާނާއާ ދެކޮޅަށެވެ. މިއީ ޕިއޯލީ، މިލާނުގެ ބެންޗުން ފެންނާނެ އެންމެ ފަހު މެޗެވެ.