Advertisement

ލައިބާ އަށް އާރްމީނިއާ މުބާރާތުން ރިހި މެޑަލަކާއި ލޯ މެޑަލެއް

20 މޭ 2024 - 10:42 0


ލައިބާ އަށް އާރްމީނިއާ މުބާރާތުން ރިހި މެޑަލަކާއި ލޯ މެޑަލެއް

20 މޭ 2024 - 10:42 0

އާރްމީނިއަން ޔޫތު އޯޕަން ބެޑްމިންޓަން މުބާރާތުން ރާއްޖޭގެ ލައިބާ އަހުމަދު މަހުލޫފް ވަނީ ރިހި މެޑަލް އަކާއި ލޯ މެޑަލް އެއް ހާސިލްކޮށްފި އެވެ.

ބެޑްމިންޓަން ޔޫރަޕްގެ ޖޫނިއާ ކަލަންޑަރު މުބާރާތުން، ލައިބާ ރިހި މެޑަލް ހޯދީ 13 އަހަރުން ދަށުގެ އަންހެން ޑަބަލްސް އިވެންޓުންނެވެ. އަދި ލޯ މެޑަލް ހާސިލްކޮށްފައިވަނީ، 13 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުންނެވެ.

އަންހެން ޑަބަލްސް އިވެންޓްގެ ފައިނަލުގައި ބަލްގޭރިއާގެ އެއް ވަނަ ޕެއާއާ ދެކޮޅަށް ނުކުމެ، ލައިބާ ހިމެނުނު ޕެއާ ބަލިވީ، 21-13، 21-12 އިންނެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގެ ޖޫނިއާ ޕޫލުގައި ވެސް ހިމެނޭ ލައިބާ، ދެން ވާދަކުރަން ހަމަޖެހިފައިވާ މުބާރާތަކީ، ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގަ އެވެ.

ފާއިތުވި އަހަރުތަކުގައި ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކުގައި ލައިބާ ވާދަކޮށްފައިވާއިރު، އެކަށީގެންވާ ކުރިއެރުމެއް ހޯދައި، ކާމިޔާބީތަކެއް ވެސް ވަނީ ހާސިލްކޮށްފަ އެވެ. އެ ގޮތުން، ލައިބާ ވަނީ އިންޓަނޭޝަނަލް މުބާރާތްތަކުގައި، ތިން ރިހި މެޑަލް އާއި ފަސް ލޯ މެޑަލް ކާމިޔާބުކޮށްފަ އެވެ.