Advertisement

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މެއި 28، ގައި ބާއްވަނީ

8 މޭ 2024 - 19:12 0


ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މެއި 28، ގައި ބާއްވަނީ

8 މޭ 2024 - 19:12 0

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާަ މި ހިނގާ މެއި 28، ގައި ބާއްވަން އެ ބޭންކުން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ އަހަރީ އާންމު ޖަލްސާ ބާއްވާނީ ހޮޓެލް ޖެންގައި ރޭގަނޑު 20:30 ގައި ކަމަށެވެ. ޖަލްސާ ބާއްވާނީ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާއަށް ހާޒިރުވެގެން އަދި އޮންލައިންކޮށް "ފަހިވޯޓު" މެދުވެރިކޮށް ކަމަށެވެ.

ފަހިވޯޓަކީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ މީޓިން މެނޭޖްމަންޓް ސިސްޓަމެކެވެ.

ބީއެމްއެލް އިން ބުނީ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މެއި 20، 2024، ގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް ކަމަށެވެ.

ބޭންކުން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން ޖަލްސާ އޮންނަ ދުވަހުގެ ރޭ ޖަލްސާގައި ބައިވެރިވާ ކަމަށް ރަޖިސްޓްރީވާންޖެހޭނެ ކަމަށެވެ. ހޮޓެލް ޖެންގެ ޖަލްސާ ކުރާ މާލަމުގައި ރޭގަނޑު 7:00 އިން 8:15 އާ ހަމައަށް ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީ ކުރެވޭނެ ކަމަށް ބޭންކުން ބުނެ އެވެ.

އެ ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ މީހުންނަށް މާދަމާއިން ފެށިގެން މެއި 26، ގެ ރޭގަނޑު 8:30 ގެ ނިޔަލަށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އެމްއެސްޑީގެ ސިސްޓަމް އިންފިނިޓީ ބޭނުންކޮށްގެން އޮންލައިންކޮށް ވެސް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. ނުވަތަ [email protected] އަށް އީމެއިލްކޮށްގެން ވެސް ރަޖިސްޓްރީ ކުރެވޭނެ އެވެ.

ޕްރޮކްސީ ހުށަހަޅާ ހިއްސާދާރުން، ޖަލްސާގެ 48 ގަޑިއިރު ކުރިން ޕްރޮކްސީ ހުށަހަޅަންޖެހޭނެ ކަމަށް ވެސް ބޭންކުން ބުނެ އެވެ. ބޭންކުގެ ކޯޕަރޭޓް އެފެއާޒްއަށް މެއިލްކޮށްގެން ޕްރޮކްސީ ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން މާޗްގައި ނިންމާފައި ވަނީ ހިއްސާއަކަށް 50ރ. ގެ މަގުން 269،069،000ރ. ބެހުމަށެވެ. ހިއްސާ ބަހާނީ މެއި 15، އާ ހަމައަށް ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. ހިއްސާ ބަހާނީ އަހަރީ އާންމު ޖަލްސާގައި އެކަން ފައިނަލް ކުރުމަށްފަހެވެ.