Advertisement

ގްރީން ބަލިކޮށް މެޓްރިކްސް އިން ތަށި ދިފާއު ކޮށްފި

8 މޭ 2024 - 09:18 0

އަތޫފް އާތިފް

އަތޫފް އާތިފް

މެޓްރިކްސް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ


ގްރީން ބަލިކޮށް މެޓްރިކްސް އިން ތަށި ދިފާއު ކޮށްފި

8 މޭ 2024 - 09:18 0

ގްރީން ސްޓްރީޓްސް ބަލިކޮށް ކުލަބް މެޓްރިކްސް އިން އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފި އެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ކުޅުނު މެޗު މެޓްރިކްސް އިން ކާމިޔާބު ކުރީ ފަސޭހަކަމާ އެކު, 79-39 ޕޮއިންޓުންނެވެ.

މިދިޔަ ޑިސެމްބަރު މަހު ކުރިއަށް ދިޔަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދީ މެޓްރިކްސް އިންނެވެ. އެ ފަހަރުގެ ފައިނަލުގައި ވެސް ވާދަކުރީ ގްރީން ސްޓްރީޓްސް އާއި މެޓްރިކްސް އެވެ.

މި އަހަރުގެ މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވިފައިވަނީ މެޓްރިކްސްގެ އާމިނަތު ރަބާބް އިބްރާހީމާއި، މަރިޔަމް ޝިނާތާއި، ހަމްނާ އަބްދުލް ރަހްމާނާއި، އީމާ އަބްދުލް ސައްތާރާއި، އައިޝަތު ސަލީމާގެ އިތުރުން ގްރީން ސްޓްރީޓްސްގެ ލަޔާން އަލީ ރަޝީދު އަދި ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކުލަބު (ކޭވައިއާރްސީ) ގެ މަލާކް އިސްމާޢީލް މުޙައްމަދެވެ. މީގެ ތެރެއިން ރަބާބް ވަނީ ކުއީން އޮފް ދަ ސީރީސްގެ މަގާމު ހޯދާފައެވެ.

މި ފަހަރުގެ މުބާރާތުގައި އަށް ޓީމުން ވަނީ ވާދަކޮށްފަ އެވެ. އެއީ ކުލަބް ގްރީން ސްޓްރީޓްސް, ޔުނައިޓެޑް ޔުނިޓީ ސްޕޯޓްސް ކުލަބް, ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން ކުލަބް, ކުލަބް ޝައިނިން ސްޓާ, ކްލަބް މެޓްރިކްސް, ޔޫތް ޔުނައިޓެޑް ސްޕޯޓްސް ކުލަބް, ޒެނިތު ސްޕޯޓްސް ކުލަބް އަދި އެމްވީ ނެޓާސް އެވެ.