Advertisement

އެއާޕޯޓްގައި މާރާމާރީ ހިންގި އެމެރިކާމީހާ ކޯޓުން ދޫކޮށްލައިފި

7 މޭ 2024 - 19:16 1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބިދޭސީއަކު މާރާމާރީ ހިންގި މަންޒަރު ފެންނަ ވީޑީއޯއިން ނަގާފައިވާ މަންޒަރެއް.


އެއާޕޯޓްގައި މާރާމާރީ ހިންގި އެމެރިކާމީހާ ކޯޓުން ދޫކޮށްލައިފި

7 މޭ 2024 - 19:16 1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް މުވައްޒަފުން ގައިގައި ތަޅައި މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ފުލުހުން މިއަދު ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ، އެކޯޓުން އެމީހާ ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ ކޯޓުން އެމީހާ ދޫކޮށްލީ ޝަރުތުތަކަކާ އެކުގައި ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ބިދޭސީ މީހާ ވަނީ އެއާޕޯޓުގައި މަސައްކަތްކުރާ ދެ މުވައްޒަފަކާ މާރާމާރީ ހިންގާފަ އެވެ.

ވީޑިއޯއިން ފެންނަނީ އެއާޕޯޓުގެ މުވައްޒަފަކު އޭނާއާ ވާހަކަ ދައްކަން އުޅުމުން ރުޅި އައިސްގެން ގޮށްމުށުން ޖަހާ މަންޒަރެވެ. އަދި ފަހުން އެހެން މުވައްޒަފަކު އެ ބިދޭސީ މީހާ ކޮށްޕާލުމުން އޭނާ ގައިގައި ވެސް ޖަހާތަން ފެނެ އެވެ.

އެނގިފައިވާ ގޮތުގައި އެއީ އެމެރިކާގެ ރައްޔިތެކެވެ.