Advertisement

އެއާޕޯޓު އެމްޑީގެ ކާރު ވަގަށް ގެންދިޔަ މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި

7 މޭ 2024 - 14:21 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް ކުރިމަތިން ވޭނެއް ދުއްވާފައި ދަނީ: އެއާޕޯޓަށް ވެހިކަލް ވެއްދުމަށް ގިނަ ސެކިއުރިޓީ ޗެކުތަކެއް ހުރޭ -- ފޮޓޯ: އަދަދު ފައިލް


އެއާޕޯޓު އެމްޑީގެ ކާރު ވަގަށް ގެންދިޔަ މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި

7 މޭ 2024 - 14:21 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ސެކިއުރިޓީ ހުއްދައަކާ އެކު މެނުވީ ނުވަދެވޭ ސަރަހެއްދައްގައި އޮއްވައި ވަގަށް ގެންދިޔަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ ވެހިކަލް ގެންދިޔަ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.

މިކަމުގައި ބަޔަކު ހައްޔަރުކުރިކަން ފުލުހުން ހާމަކުރީ މި މައްސަލަ މީޑިއާއަށް ތިލަވިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. އެ ކަން ފުލުހުންނަށް ރިޕޯޓުކުރިކަން މީގެ ކުރިން ކަށަވަރު ކޮށްދިނެވެ. އެ ކަމުގައި ހައްޔަރުކުރީ ކިތައް މީހުން ކަމެއް ފުލުހުން ނުބުނެ އެވެ.

މިކަމާ ގުޅުން ހުރި މައުލޫމާތު އެނގޭ މީހަކު "އަދަދު" ނޫހަށް ކިޔައިދިން ގޮތުގައި އެ ވެހިކަލް ގެންގޮސްފައި ވަނީ ނަންބަރު ބޯޑު ބަދަލުކޮށްގެންނެވެ. ވެހިކަލް ޕާކު ކޮށްފައި އޮންނަ ތަނަށް ވަދެވެނީ ހާއްސަ ހުއްދައެއް އޮންނަ މީހުންނަށް ކަމަށް ވެސް ވަނީ އެނގިފަ އެވެ.

އެ ވެހިކަލް ފެނުނު ތަނުން އެއާޕޯޓުން މީގެ އެތައް ދުވަހެއް ކުރިން ގެއްލިފައިވާ އިމިގްރޭޝަންގެ ވެހިކަލެއް ވެސް ވަނީ ފެނިފަ އެވެ. އެއީ މި މައްސަލައާ ގުޅޭ ވެހިކަލެއް ކަމެއް ފުލުހުން ނުބުނެ އެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ.

މީގެ ކުރިން ވެސް އެއާޕޯޓުން ތަކެތި ގެއްލޭ މައްސަލަ އާއި އެއާޕޯޓުގެ ސެކިއުރިޓީގައި ބޮޑެތި ބާގަނޑުތަކެއް ހުރި މައްސަލަ ވަނީ ފެންމަތިވެފަ އެވެ. މިދިޔަ އަހަރުގެ ތެރޭގައި ފުލުހުން ވަނީ އެއާޕޯޓުގެ މުހިންމު ތަންތަނުގައި ސީސީޓީވީ ކެމެރާ ނެތް ކަމަށް ވެސް ބުނެފަ އެވެ.