Advertisement

ގިރާވަރުން ދޫކުރި ގޯތިތައް އަނެއްކާވެސް ގުޅީފަޅަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

7 މޭ 2024 - 14:24 0

ނިމާ ހަސަން

ނިމާ ހަސަން

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަކުގެ ގުރުނެގުން; އަނެއްކާވެސް އިތުރު ގޯތިތަކެއް ގުޅީފަޅަށް ބަދަލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި -- ފޮޓޯ: އަދަދު


ގިރާވަރުން ދޫކުރި ގޯތިތައް އަނެއްކާވެސް ގުޅީފަޅަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

7 މޭ 2024 - 14:24 0

ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލު ކުރަން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހަޅަން އަނެއްކާވެސް ފުރުސަތު ހުޅުވާލައިފި އެވެ.

ގިރާވަރުފަޅު އަދި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލު ކުރުމަށްފަހު ސަރުކާރުން ނިންމީ 1347 ގޯތި ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލު ކުރުމަށެވެ. އެއީ 1250 އަކަފޫޓުގެ 193 ގޯއްޗާއި, 1650 އަކަފޫޓުގެ 663 ގޯއްޗާއި, 2050 އަކަަފޫޓުގެ 487 ގޯއްޗާއި, 2450 އަކަފޫޓުގެ ހަތަރު ގޯއްޗެވެ.

1250 އަދި 1650 އަކަފޫޓުގެ އިތުރު ގޯތިތައް ގިރާވަރުފަޅަށް ބަދަލުކުރަން ނިންމާ, ހައުސިން މިނިސްޓްރީން މިއަދު ވަނީ އެކަމަށް އިއުލާނު ކޮށްފަ އެވެ. އެގޮތުން 1250 އަކަފޫޓުގެ އިތުރު ތިން ގޯތި އަދި 1650 އަކަފޫޓުގެ އިތުރު 20 ގޯތި ގުޅީފަޅަށް ބަދަލުކުރަން ނިންމާފައިވެ އެވެ.

އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލޯ އަންނަ ހޯމަ ދުވަހުގެ ރޭ 11:00ގެ ނިޔަލަށެވެ.

ގޯތި ބަދަލު ކުރަން ހުޅުވާލި ފުރުސަތުގައި 1250 އަކަފޫޓުގެ 928 ގޯއްޗާއި 1650 އަކަފޫޓުގެ 769 ގޯއްޗާއި 2050 އަކަފޫޓުގެ 213 ގޯއްޗާއި 2450 އަކަފޫޓުގެ ތިން ގޯތި ބަދަލު ކުރަން ވަނީ ހުށަހަޅައިފަ އެވެ.

ގޯތި ބަދަލު ކުރަން މީގެ ކުރިން ހުޅުވާލި ފުރުސަތުގައި 2450 އަދި 2050 އަކަފޫޓުގެ ގޯތި ބަދަލު ކުރަން ހުށަހެޅި އަދަދު ދަށް ވެގެން މި މަސް ތެރޭގައި އިތުރު ފުރުސަތަކަށް ވެސް ހައުސިން މިނިސްޓްރީން ހުޅުވާލި އެވެ.

ސަރުކާރުން ކުރިން ބުނެފައި ވަނީ ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ގޯތި ބަދަލު ކުރަން ހުށަހަޅާފައިވާ ނަމަ ނަގާނީ ގުރެއް ކަމަށެވެ. ގުރު ނެގުން އޮންނާނެ ގޮތެއް އަދި ސަރުކާރުން ނުބުނެ އެވެ.

ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލު ކުރަނީ ކުރިން ކަނޑައަޅާފައިވާ ވަރަށް ގޯތި ދޭން ޖާގަ ނެތިގެން ކަމަށެވެ.

"ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތިކަމަށްވާތީ މި ހިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ގުޅިފަޅަށް،" ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.