Advertisement

އުތުރުގެ އަތޮޅުތަކުން އައިސް ނުލިބޭތީ ބޮޑު ކަންނެލި މަސްވެރިންގެ ކަންބޮޑުވުން

8 މޭ 2024 - 10:07 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކަންނެލި މަސްދޯންޏަކުން މަސް ކިރަނީ : އުތުރުގެ އަތޮޅުތަކުން އައިސް ނުލިބޭތީ ބޮޑު ކަންނެލި މަސްވެރިންގެ ކަންބޮޑުވުން ފާޅުކޮށްފި - ފޮޓޯ: އަދަދު


އުތުރުގެ އަތޮޅުތަކުން އައިސް ނުލިބޭތީ ބޮޑު ކަންނެލި މަސްވެރިންގެ ކަންބޮޑުވުން

8 މޭ 2024 - 10:07 0

ރާއްޖޭގެ އެންމެ އުތުރުގެ ކަނޑުގެ ސަރަހައްދުގައި ކަންނެލީގެ މަސްވެރިކަން ކުރާ ދޯނިތަކަށް އުތުރުގެ އަތޮޅުތަކުން އައިސް ނުލިބޭ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޔޫނިއަންގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ދުވަސްވަރު ގިނަ އަދަދެއްގެ ދޯނިތަކުން ދަނީ އުތުރުގައި ކަންނެލީގެ މަސްވެރިކަން ކުރަމުން ކަމަށެވެ. ނަމަވެސް އެ ދޯނިތަކަށް އައިސް ލިބޭނެ ގޮތެއް ނެތް ކަމަށް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ޓެގްކޮށް އެ ޕޯސްޓުގައި އިތުރަށް ބުނެފައި ވަނީ ހއ. ހޯރަފުށި އައިސް ޕްލާންޓުން އައިސް ނުލިބޭތާ އެތައް ދުވަހެއް ފާއިތުވެފައިވާ ކަމަށާއި އެ އަތޮޅު އިހަވަންދޫގައި ހުންނަ އައިސް ޕްލާންޓުން ވެސް އައިސް ލިބޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށެވެ.

އެ ޕޯސްޓާއެކު ޔޫނިއަނުން ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ވީޑިއޯ ކުރި ސަރަހައްދުގައި ވެސް 10 އަކަށްވުރެ ގިނަ ދޯނި ދަނީ މަސްވެރިކަން ކުރަމުންނެވެ.

އައިސް ނުލިބިގެން މަސްވެރިން ޝަކުވާ ކޮށްފައިވާއިރު، ރާއްޖެއިން މަސް އެކްސްޕޯޓުކުރާ އަދަދު ރެކޯޑު މިންވަރަކަށް ވަނީ ދަށްވެފަ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ތިން މަހު ރާއްޖެއިން މަސް އެކްސްޕޯޓުކުރި މިންވަރު 48 ޕަސަންޓު ވަނީ ދަށްވެފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ފްރޯޒެން ޓޫނާ އެކްސްޕޯޓުކުރި މިންވަރު 50.8 ޕަސަންޓު ދަށްވެފައިވާއިރު، ދަޅު މަސް އެކްސްޕޯޓު ވަނީ 25.7 ޕަސަންޓުން ދަށްވެފަ އެވެ. އަދި ޕްރޮސެސްޑް މަހުގެ އެކްސްޕޯޓު ވަނީ 40.5 ޕަސަންޓުން ދަށްވެފަ އެވެ.