Advertisement

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އާ މެމްބަރުން ހުވާކުރުން މެއި 28، ގައި

23 އޭޕްރީލް 2024 - 09:35 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ޕީއެންސީން އުފާ ފާޅުކުރަން ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ: އިޔާދް/އަދަދު


ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އާ މެމްބަރުން ހުވާކުރުން މެއި 28، ގައި

23 އޭޕްރީލް 2024 - 09:35 0

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކޮށް އަލަށް އިންތިހާބު ވެވެޑައިގަތް މެމްބަރުންގެ ހުވާކުރުން މެއި 28، ގައި ބާއްވަން ނިންމައިފި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި އާ މެމްބަރުން ހުވާކުރުމުގެ ޖަލްސާ އޮންނަ ތާރީހު އިއުލާނުކުރަމުން މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ހުވާކުރުމުގެ ޖަލްސާއަށް ރައްޔިތުންގެ މަޖިލިސް އިދާރާއިން ތައްޔާރުވަމުން އަންނަ ކަމަށެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އޮންނާނީ އަންނަ މެއި 13، ގަ އެވެ. އަދި ހިނގަމުން މިދާ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިމޭނީ މެއި 15، ގައި ކަން އަސްލަމް އިއުލާނުކުރެއްވި އެވެ.

މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ.

ނިމިގެން ދިޔަ މަޖިލީހުގެ އިންތިހާބުގައި، މިހާރު މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއަށް ވަނީ ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. އެ އިންތިހާބުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. ޕީއެންސީގެ 66 ކެންޑިޑޭޓުން ގޮނޑި ކާމިޔާބު ކުރި އެވެ. ސަރުކާރުން ތާއީދު ދިން ބައެއް އަމިއްލަ ކެންޑިޑޭޓުން ތިބިއިރު އޭގެ ތެރެއިން ގޮނޑި ކާމިޔާބުކުރި ކެންޑިޑޭޓުން ހިމެނުމުން ސަރުކާރު މެންބަރުންގެ އަދަދު 70 އަށް ވުރެ ގިނަ އެވެ.

އިދިކޮޅު އެމްޑީޕީއަށް މި ފަހަރު ކާމިޔާބުވީ 12 ގޮނޑި އެވެ. ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެ އެވެ.