23 އޭޕްރީލް 2024 - 10:48 0
ލީވާން އަލީ ނާސިރު
ޓައިވާނަށް ފުލުފުލުގައި ބިންހެލުންތަކެއް އައުން: ބައެއް ތަންތަނަށް ވަނީ ގެއްލުންވެފައި -- ފޮޓޯ: އޭއެފްޕީ
23 އޭޕްރީލް 2024 - 10:48 0
ޓައިވާންއަށް ފުލުފުލުގައި ބިންހެލުންތަކެއް އިއްޔެ އައިސްފި އެވެ.
ޓައިވާންގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އެ ގައުމަށް އިއްޔެ ފުލުފުލުގައި ގިނަ ބިންހެލުންތަކެއް އައިސްފައިވާއިރު، އެންމެ ބާރުގަދަ ބިންހެލުން އައިސްފައި ވަނީ 6.3 މެގްނިޓިއުޑް ބާރު މިނުގައި ކަމަށެވެ.
އެއަށްފަހު 5.5 މެގްނިޓިއުޑް ބާރު މިނުގައި ބިންހެލުމެއް އައިސް، ފުލުފުލުގައި ކުދި ގިނަ ބިންހެލުންތަކެއް އައިސްފައިވާ ކަމަށް ޓައިވާންގެ މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.
ޓައިވާނުގެ ކަމާބެހޭ ފަރާތްތަކުން ބުނީ މިހާތަނަށް މި ބިންހެލުންތަކުގައި އެއްވެސް މީހަކަށް އަނިޔާވިކަން ރިޕޯޓު ކޮށްފައި ނުވާ ކަމަށައި، ނަމަވެސް، ބައެއް ތަންތަނަށް ގެއްލުން ވެގެން ރިޕޯޓު ކުރި ކަމަށެވެ.
އެޕްރިލް، 3 ގައި ޓައިވާންއަށް 7.4 މެގްނިޓިއުޑް ބާރު މިނުގައި ބާރުގަދަ ބިންހެލުމެއް ވަނީ އައިސްފަ އެވެ. އެ ބިންހެލުމުގައި 17 މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.
Comment