Advertisement

މޯލްޑިވްސް ރިސޯޓް ވޮލީބޯލް ލީގު ޖުލައި މަހު ފަށަނީ

22 އޭޕްރީލް 2024 - 22:42 0

އަތޫފް އާތިފް

އަތޫފް އާތިފް

ވީއޭއެމް އިން ބާއްވާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ތެރެއިން - ފޮޓޯ: އަދަދު


މޯލްޑިވްސް ރިސޯޓް ވޮލީބޯލް ލީގު ޖުލައި މަހު ފަށަނީ

22 އޭޕްރީލް 2024 - 22:42 0

ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ "މޯލްޑިވްސް ރިސޯޓް ވޮލީބޯލް ލީގު" ޖުލައި މަހު ބޭއްވުމަށް ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އިން ބުނީ މި މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެކަނި ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވާ ކޮންމެ ކުޅުންތެރިއަކު ވެސް މަދުވެގެން ތިން މަސް ދުވަހު ރިސޯޓުގައި މަސައްކަތް ކޮށްފައިވާންޖެހޭނެ ކަމަށް އެ އެކަޑަމީ އިން ބުނެ އެވެ.

ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އިން ބުނީ އެގޮތަށް މުބާރާތުގެ ގަވާއިދު ފަރުމާކުރީ މިހާރު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ކުރިއަށް ގެންދާ "އިންޓަ ރިސޯޓް ވޮލީބޯލް" މުބާރާތުގައި ގިނަ އިން ރިސޯޓު ބޭރު ކުޅުންތެރިން ކުޅެމުން އަންނާތީ ރިސޯޓުތަކުގައި ތިބޭ ހުނަރުވެރި ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ފެންވަރު ދައްކާލަން ދަތިވާތީ ކަމަށެވެ.

މި މުބާރާތް ކުރިއަށްދާނީ ތިން ޒޯނެއްގެ މެދުގަ އެވެ. އަދި ކޮންމެ ޒޯނެއްގެ ޗެމްޕިއަން ޓީމު ކުޅޭނީ ރިސޯޓު ޗެމްޕިއަން ލީގު އެވެ.

ކޮންމެ ޒޯނެއްގެ ޗެމްޕިއަން ޓީމަށް 50,000 ރުފިޔާ ދޭން ނިންމާފައިވާއިރު, ރަނަރަޕް ޓީމަށް 15,000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ތިންވަނަ އަށް ދާ ޓީމަކަށް 10,000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ.