Advertisement

ރައީސް މުއިއްޒު ދައްކާ ވާހަކަ ދެކޮޅު ނުޖެހޭ، އެއަށް ކިޔަނީ ދޮގު ހެދުން: ޔާމީނު

18 އޭޕްރީލް 2024 - 21:20 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން : އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު ދައްކަވާ ވާހަކަ ދެކޮޅު ނުޖެހޭ ކަމަށާއި އެއީ ދޮގުހެދުން ކަމަށް - ފޮޓޯ: އަދަދު


ރައީސް މުއިއްޒު ދައްކާ ވާހަކަ ދެކޮޅު ނުޖެހޭ، އެއަށް ކިޔަނީ ދޮގު ހެދުން: ޔާމީނު

18 އޭޕްރީލް 2024 - 21:20 0

ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވާ ވާހަކަތައް ދެކޮޅު ނުޖެހޭ ކަމަށާއި އެއަށް ކިޔަނީ ދޮގު ހެދުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.

ޔާމީނު މިހެން ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ މައްސަލާގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް މިރޭ ހައި ކޯޓުން ބާތިލް ކުރުމާއެކު އެ ސަރަހައްދުގައި ހުންނަވާ މީޑިއާތަކާ ވާހަކަ ދައްކަވަމުންނެވެ.

"މުއިއްޒު އެކަން ދެކޮޅު ޖައްސަވަން ކޮންކަހަލަ ވާހަކަތަކެއްތޯ އެ ދެއްކެވީ، މީޑިއާގެ ކުރިމަތީގަ ސިޔާސީ ވެރިޔަކު އައިސްފަ އެއްފަހަރު ދައްކާ ވާހަކައެއް ދެފަހަރު ތިންވަނަ ފަހަރު ހަތަރުވަނަ ފަހަރު ދެކޮޅު ނުޖެހޭ ގޮތަށް ދައްކަންޏާ އެއަށް ކިޔާނީ ދޮގުހެދުން ދެއްތޯ," ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ރައީސް މުއިއްޒަށް ކުރެއްވި ކޯލަށާއި މެސެޖަށް ޖަވާބެއް ނުދެއްވި ކަމަށާއި ގުޅުން ނުބޭއްވި ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނޭނގޭނެ ދެއްތޯ މުއިއްޒު ވިސްނަވާވަޑައިގަންނަވާ ގޮތެއް، އަޅުގަނޑު މި ދެންނެވީ އަޅުގަނޑާ ހަމައިން އަޅުގަނޑު އަތް ދިއްކޮށްލީމޭ، އެ އަތުގަ ހިފަން މުއިއްޒު ދެކޮޅު ހެއްދެވީ ކީއްވެ ކަމެއް އަޅުގަނޑަކަށް ނޫން ދެއްތޯ،" ޔާމީނު ވިދާޅުވި އެވެ.

ރައީސް މުއިއްޒުއަށް ރިޔާސީ ޓިކެޓު ލިބިވަޑައިގަތީ މިއަދު ބާތިލުކުރި ހުކުމް ޔާމީނުގެ މައްޗަށް ކޮށްފައި އޮތުމުގެ ސަބަބުންނެވެ.

ޔާމީނާއި ރައީސް މުއިއްޒާ ދެމެދު ޖެހުނު މައްސަލަތަކާއެކު ގިނަ ދުވަހެއް ނުވަނީސް ސަރުކާރު ކޯލިޝަން ދޫކުރައްވާ ވަޑައިގެން ޕީއެންއެފްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ.

މުއިއްޒު ދޮގު ހައްދަވާކަމަށް ޔާމީން ތުހުމަތު ކުރެއްވިޔަސް، އެކަން މުއިއްޒުގެ ފަރާތްޕުޅުން ދޮގުކުރައްވަ އެވެ.