Advertisement

ޓްރީޓޮޕްގެ ހިތާނީ ކޭމްޕްގައި ބައިވެރިވާން ހުޅުވާލައިފި

16 އޭޕްރީލް 2024 - 21:05 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޓްރީޓޮޕް ހިތާނީ ކޭމްޕްގެ ޕްރޮމޯޝަނަލް ޕޯސްޓަރެއް: ޓްރީޓޮޕް ހިތާނީ ކޭމްޕަށް ތަރުހީބު ބޮޑު ކަމަށް އެ ހޮސްޕިޓަލުން ބުނޭ -- ފޮޓޯ: ޓްރީޓޮޕް


ޓްރީޓޮޕްގެ ހިތާނީ ކޭމްޕްގައި ބައިވެރިވާން ހުޅުވާލައިފި

16 އޭޕްރީލް 2024 - 21:05 0

ޓްރީޓޮޕް ހޮސްޕިޓަލުގެ މި އަހަރުގެ ހިތާނީ ކޭމްޕްގައި ބައެވެރިވުމަށް ހުޅުވާލައިފި އެވެ.

ޓްރީޓޮޕުން ބުނީ މި ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް ނަން ނޯޓުކުރެވޭނީ މިއަދުން ފެށިގެން މެއި، 15 ގެ ނިޔަލަށް ކަމަށެވެ.

މި ކޭމްޕުގައި ހަރަކާތްތެރިވާ ޑޮކްޓަރުންގެ ތެރޭގައި ހިމެނެނީ އޮޕަރޭޝަނަށް ހާއްސަ، ޑރ. ހުސެއިން ހަދިޔެވް، ޑރ. އުކްތަމް އަބްދުއްލާޔެވް، ޑރ. މައުމޫން އާސިމް، ޑރ. އިބްރާހިމް މުއުމިން، ޑރ. މުހައްމަދު ޝަރީފް، ޑރ. އަބްދުﷲ އުބައިދު އަދި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑރ. މެހްމެތު އޮޑާ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވީ ކުރީގެ ހިތާނީ ކޭމްޕްތަކަށް ލިބުނު ފަދަ ބޮޑު ތަރުހީބެއް މިފަހަރުވެސް ލިބޭނެކަމަށް އަޅުގަނޑުމެން އުއްމީދުކުރާ ކަމަށެވެ.

"މި ކޭމްޕް ކުރިއަށް ގެންދާއިރު ކުދިންނަށާއި މައިންބަފައިނަށް ހިތްހަމަޖެހޭ މާޙައުލެއް އޮތުމަކީ ވަރަށް ބޮޑު އަމާޒެއް. މިގޮތުން އެހެން އަހަރުތަކެކޭ އެއްފަދައިން މި ޙިތާނީ ކޭމްޕަށް ހާއްސަ ޑޮކްޓަރުންގެ ޓީމެއްވެސް ވަނީ އެކުލަވާލާފައި،" އާދިލް މޫސާ ބުންޏެވެ.

ހިތާނީ ޕެކޭޖުގެ އަގަކީ 5000ރ އެވެ. އޭގެ އިތުރުން ކޮޓަރި އަޕްގްރޭޑް ކުރުމާއި، ޕްރައިވެޓް ކޮޓަރިތަކަށް ހާއްސަ އަގުތަކެއް ހަމަޖެހިފައިވެ އެވެ. މި ކޭމްޕްގައި ބައިވެރިވުމަށާއި އިތުރު މައުލޫމާތު ހޯދުމަށް ގުޅަން ޖެހެނީ 3351610 އަށް ނަމްބަރަށެވެ.