Advertisement

ކޮރަޕްޝަންގެ ބޮޑު ތުހުމަތާއެކު ޖަމީލު ވިދާޅުވީ ރައީސް މުއިއްޒު އަޒުލުކުރުން ލާޒިމު ކަމަށް!

16 އޭޕްރީލް 2024 - 11:55 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ޑރ. މުހައްމަދު ޖަމީލު އަހުމަދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނު : ލީކުތަކާއެކު ރައީސް މުއިއްޒު އަޒުލުކުރަން ޖަމީލު ގޮވާލައިފި - ފޮޓޯ: މިރާން ނާޝިމް / އަދަދު


ކޮރަޕްޝަންގެ ބޮޑު ތުހުމަތާއެކު ޖަމީލު ވިދާޅުވީ ރައީސް މުއިއްޒު އަޒުލުކުރުން ލާޒިމު ކަމަށް!

16 އޭޕްރީލް 2024 - 11:55 2

ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅޭ އިންޓެލިޖެންސް ރިޕޯޓުތަކެއް ލީކުވުމާއެކު، އެމަނިކުފާނު މަގާމުން އަޒުލުކުރުން ލާޒިމުވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ އަމިއްލަ އެކައުންޓަށް ގިނަ ފައިސާތަކެއް ޖަމާވާކަން ހާމަވާ މި ރިޕޯޓުތައް ލީކުކޮށްލީ ޓްވިޓާގައި ކާކުކަން ނޭނގޭ ގޮތަށް ސަރުކާރަށް ފާޑުކިޔައި އެކި މައުލޫމާތުތައް ހާމަކުރަމުންދާ "ހަސަން ކުރުސީ"ގެ އެކައުންޓުންނެވެ.

އޭގެތެރޭގައި ހިމެނެނީ އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް (އެފްއައިޔޫ) އަދި ފުލުހުންގެ އިންޓެލިޖެންސުން އެކުލަވާލާފައިވާ ދެ ރިޕޯޓެވެ.

މިކަމާ ގުޅިގެން ޖަމީލުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ހާލަތުގައި ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށާއި ޑިމޮކްރަސީ އޮންނަ ކޮންމެ ތަނެއްގައި ރޫލް އޮފް ލޯ ހަމަހަމަކޮށް ހިންގާނެ ކަމަށެވެ.

"ރިޔާސީ ނިޒާމުގައި އަޒުލު ކުރާނެ، ބަރުލަމާނީ ނިޒާމުގައި އިތުބާރު ނެތްކަމުގެ ވޯޓް ނަގާނެ، މިހެކިތަކުން ޑރ. މުއިއްޒު އަޒުލު ކުރުން ލާޒިމް!" ޖަމީލު ލިޔުއްވާފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު މި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޖަމީލު އޭގެ އިތުރަށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ އަދި ކުޑަ މިންވަރެއް ކަމަށާއި ރަސްމާލެ ހިއްކުމުގެ ނަމުގައި ރާޖޫއަށް ހުޅުމާލޭގެ ތިންބައި ކުޅަ އެއްބައި ބިން ދިން ދިނުމުގައި މާސިންގާ ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

"ރައީސަކަށް ހުންނަވަނިކޮށް ކޮރަޕްޝަނުގެ ތުހުމަތެއް ކުރެވޭހިނދު، އިސްވެ އެކަންތައްތައް ތަހުގީގު ކުރަން އެދިވަޑައިގަތުމާއިއެކު، އެތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވާން ވާނެ،" ޖަމީލު ލިޔުއްވާފައިވެ އެވެ.

މިހާތަނަށް މި ރިޕޯޓުތަކާއި އަދި ރިޕޯޓުތައް ލީކުވި ސަބަބު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެއްވެސް އިދާރާއަކުން މައުލޫމާތު ލިބިފައި ނުވެ އެވެ.

ލީކުކޮށްފައިވާ އެފްއަައިޔޫގެ ރިޕޯޓުގެ ތިރީގައި ރައީސް މުއިއްޒުއާ ގުޅުވައި ރެޑް ފްލެގް އިންޑިކޭޓާސްގެ ގޮތުގައި ސީރިއަސް 10 ނުކުތާއެއް ބަޔާންކޮށްފައިވެ އެވެ.

ރައީސްއާ ގުޅުވައި ރިޕޯޓުގައި އޮތް ރެޑް ފްލެގް އިންޑިކޭޓާސް

  1. ޕޮލިޓިކަލީ އެކްސްޕޯޒްޑް ޕާސަން (ޕީއީޕީ) ނުވަތަ ސިޔާސީ ފަރާތްތަކާއި އަދި އެ ފަރާތްތަކުން ކޮންޓްރޯލް ކުރާ ކުންފުނިތަކާ ގިނަ މުއާމަލާތްތަކެއް ކުރުން
  2. އެމްބެޒެލްމެންޓް ނުވަތަ ހިޔާނާތްތެރިވުން
  3. ފޮރުވުމަށްޓަކައި ލޭޔަރުކޮށް ސްޓްރަކްޗާ ކޮށްފައިވާ ޓްރާންސެކްޝަން ޕެޓާން
  4. ފަންޑުތަކުގެ އަސްލު ފޮރުވުމަށް ރަސްމީ ނިޒާމުތައް ބޭނުންކުރުން
  5. ބޭންކަށް ސައްހަ ތެދު މައުލޫމާތު ނުދިނުން
  6. ވަރަށް ގިނައިން އެއްވެސް ސަބަބެއް ބަޔާންކުރުމެއް ނެތި ނަގުދު ފައިސާ ޖަމާކޮށް ނެގުން
  7. ސަރުކާރުގެ ޕްރޮޖެކްޓުތައް ހިންގަން ދިން ކުންފުނިތަކުން ފައިސާ ލިބިފައިވުން
  8. ގިނަ އަދަދެއްގެ ނަގުދު ފައިސާ ގެންގުޅުން
  9. ދިމްޔާތު ޕްރައިވެޓް ލިމިޓެޑްގެ ފައިދާ ލިބުން
  10. ނުހައްގު މުއްސަދިކަން