Advertisement

އީސީގެ މެންބަރުކަމަށް ހަސަން ޒަކަރިއްޔާ އައްޔަންކޮށްފި

15 އޭޕްރީލް 2024 - 13:21 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އީސީ މެންބަރުކަމުގެ ލިޔުން ރައީސް މުއިއްޒު ޒަކަރިއްޔާއަށް ހަވާލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް


އީސީގެ މެންބަރުކަމަށް ހަސަން ޒަކަރިއްޔާ އައްޔަންކޮށްފި

15 އޭޕްރީލް 2024 - 13:21 0

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް, އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަންކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޒަކަރިއްޔާއަށް މަގާމުގެ ލިޔުން ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ލިޔުން އެރުވުމުގެ ކުރިން ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު އަލީ ރަޝީދު ހުސައިންގެ ހާޒިރުގައި ޒަކަރިއްޔާ ވަނީ، އީސީގެ މެންބަރުކަމުގެ ހުވައި ކުރައްވައި، ހުވައިގެ އިގުރާރުގައި ސޮއިކުރައްވާފައި ކަމަށެވެ.

އީސީގެ މެންބަރުކަމުގެ މަގާމަށް ޒަކަރިއްޔާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި ޖަލްސާގައި ބައިވެރިވި 39 މެންބަރުންގެ އިއްތިފާގުންނެވެ.

އީސީގެ މެމްބަރެއްގެ ގޮނޑި ހުސްވީ ނައިބު ރައީސަކަށް ހުންނެވި އިސްމާއީލް ހަބީބުގެ ދައުރު މާޗު 12, ގައި ނިމުމުންނެވެ.

އީސީގެ އެސްޖީގެ މަގާމަށް ހަސަން ވަޑައިގެންނެވީ 2021 ގަ އެވެ.