Advertisement

ޝަމްނާޒު އެންވަޔަރަމެންޓު މިނިސްޓްރީއަށް ބަދަލުކޮށްފި

12 އޭޕްރީލް 2024 - 11:18 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ޝަމްނާޒު އަލީ ސަލީމް، ސްޓޭޓު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމަށް ފަހު، މަގާމުގެ ލިޔުން ހަވާލު ކުރައްވަނީ. -- ފޮޓޯ:ރައީސް އޮފީސް


ޝަމްނާޒު އެންވަޔަރަމެންޓު މިނިސްޓްރީއަށް ބަދަލުކޮށްފި

12 އޭޕްރީލް 2024 - 11:18 1

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ވެރިއަކަށް، ސްޓޭޓް މިނިސްޓަރު ފެންވަރުގައި އައްޔަން ކުރެއްވި ޝަމްނާޒު އަލީ ސަލީމް، އެންވަޔަރަމެންޓު މިނިސްޓްރީ އަށް ބަދަލުކޮށްފި އެވެ.

ޝަމްނާޒު އަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިސް މިނިސްޓަރު އާދަމް ރަމީޒުގެ އަނބިކަނބަލުންނެވެ.

އެންވަޔަރަމެންޓު މިނިސްޓްރީ އަށް ޝަމްނާޒު ބަދަލުކުރިކަން ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ސަރުކާރުގެ އިސް ވެރިންގެ ލިސްޓަށް، ޝަމްނާޒުގެ މަގާމަށް އައި ބަދަލު އަދާހަމަކޮށްފައެއް ވެސް ނެތެވެ.

ޝަމްނާޒުގެ އޮފީސް ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް ނުލިބެ އެވެ. ނަމަވެސް އެ ބަދަލު، ނިމިގެން ދިޔަ ހަފުތާގައި ރައީސް ޑރ. މުއިއްޒު ގެންނަވާފައިވާކަން، ސަރުކާރުގެ ބައެއް އޮފިޝަލުން "އަދަދު" ނޫހަށް ކަށަވަރުކޮށްދެއްވި އެވެ.

ބައެއް އޮފިޝަލުން ވިދާޅުވީ ޝަމްނާޒު އެންވަޔަރަމެންޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ބަދަލު ކުރެއްވީ، އޭނާ އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ޝަމްނާޒުގެ ބަހެއް ނުލިބުނެވެ.

ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ޝަމްނާޒަކީ ޕީޕީއެމްގެ ފިޔަވަޅު އަޅާ ކޮމިޓީގެ މެމްބަރެކެވެ. ސްޓޭޓު މިނިސްޓަރުގެ މަގާމާ ހަވާލުވުމުގެ ކުރިން ހުންނެވީ ސިޓީ ކައުންސިލްގެ މެމްބަރަކަށެވެ.